ބޮޑު ވަގަކު، ބޮޑު ކައިވެނި ޕާޓީއެއް ބޭއްވުމަށްފަހު ހަނީމޫނަށް ދިޔައިރުވެސް ފުލުހުންނަށް އަތުލައިނުގަނެވުނީތީ ފާޑުކިޔުންތައް އަމާޒުވެއްޖެއެވެ.

އިންޑިއާގެ ނޫސްތަކުގައި ރިޕޯޓްކޮށްފައިވާގޮތުގައި، އައްބާސް އީރާނީ ނަމަކަށް ކިޔާ އެ ފިރިހެން މީހާ މިހާރު ކައިވެނި ކުރުމަށްފަހު ހަނީމޫނަށް ގޮސްފިއެވެ. ފުލުހުން މިހާރު މަސައްކަތް ކުރަމުން ދަނީ އޭނާ ހަނީމޫން ފަނިކޮށް އެތަނުން އޭނާ ހައްޔަރު ކުރުމަށެވެ.

އީރާނީ ހައްޔަރު ކުރުމަށް ތޭންގެ ފުލުހުން ހާއްސަ ޓީމެއްވެސް ހެދިއެވެ. އަދި އެ މީހުން އިއްޔެ އީރާނީ ހައްޔަރު ކުރުމަށް އޭނާ ދިރިއުޅޭކަމަށް ބުނާ ސަރަހައްދަށް ދިޔައެވެ. ނަމަވެސް ފުލުހުން ދިއުމުގެ ކުރިން އޭނާ ވަނީ އަނބީމިހާ ވަނީ ފިލާފައެވެ.

މި މަހުގެ އަށް ވަނަ ދުވަހު އީރާނީގެ ޕާޓީ ބޭއްވިއިރު، އެ ޕާޓީއަށް ވަރަށް ގިނަ އަވައްޓެރިންދިޔައެވެ. އެއް ބަޔަކު ބުނިގޮތުގައި، އެ ދެމީހުން ފިލުވުމަށް އާއިލާ މީހުންވެސް މަސައްކަތްކޮށްފައި ވެއެވެ.

އޭނާއަކީ މީގެ އަށް މަސްކުރިން ފަށައިގެން ފުލުހުން ހޯދަމުންދިޔަ މީހެއްކަމަށް ވެއެވެ. ފުލުހުން ބަލަމުންދާ މަގު ފޭރުމުގެ މައްސަލައަކާއި ގުޅިގެން އޭނާ ހޯދަމުންއަންނައިރު، ހަނީމޫންގެ ބާކީ އޮތް ދުވަސްތައް އޭނާ ހޭދަކުރަން ޖެހޭނީ ޖަލުގައިކަމަށް ފުލުހުން ބުންޏެވެ.