އަންހެނުންނަށް ފުރައްސާރަކޮށް، ފޮށުމަކީ އެއްވެސް ހާލެއްގައި ބަލައިގަނެވޭނެ ކަންކަމެއް ނޫނެވެ. އެއީ ތަހުޒީބު މުޖުތަމަޢެއްގެ ސިފައެއްވެސް ނޫނެވެ. އެހެންކަމުން، އެކަންކަމަކީ ވަގުތުން ވަގުތަށް ހުއްޓަން ޖެހޭ، ހުއްޓުވަން ޖެހޭ ކަންކަމެވެ.

އެގޮތުން، އަންހެނުންތަކަކަށް ފުރައްސާރަ ކުރި މެދު އުމުރުގެ ފިރިހެނަކަށް ވަނީ ބޮޑު ލަނޑެއް ލިބިފައެވެ. އަމިއްލައަށް ކުރި ކަމެއްގެ ސަބަބުން ބޮޑު ލަދެއްގައި ބެދެން ވަނީ ޖެހިފައެވެ.

އަވަށްޓެރި އިންޑިޔާގެ މަހަރަޝްތަރާގެ ޑޮމްބިވްލީގައި މިކަން ހިނގާފައިވާއިރު، މި ފިރިހެން މީހާއާ ދެކޮޅަށް ނިކުތީ އަންހެނުންގެ ބޮޑު ފައުޖެކެވެ. މި އަންހެނުންގެ ފައުޖުންވަނީ މި މީހާގެ ގައިގައި ތަޅާ އަނިޔާކޮށްފައެވެ. އެގޮތުން ފައިވާނުންނާއި އަތުން މި މީހާގެ ގައިގައި ތެޅިކަމަށް "މިރާ ނައު" ގައި ބުނެފައިވެއެވެ.

އެއަށްފަހު އެމީހާގެ ގެއާ ހަމައަށް ގެންދިޔައީ ގަން ހިންގުވާފައެވެ. މި އަންހެނުންތައް ވަށާލައިގެން ތިބެ މި މީހާ ގަން ހިންގުވާފައި ގެންގޮސް ވަނީ އެހެން ކަމެއް ކުރަން މަޖުބޫރު ކުރުވާފައެވެ. އެއީ އަމިއްލަ އަނބިމީހާއަށް އެންމެންގެ ކުރިމަތީގައި މަޢާފަށް އެދެން ޖެހުމެވެ.

މިރާ ނައު އިން ބުނެފައިވާ ގޮތުގައި މި މީހާއަކީ ކުޑަ ކުޑަ ފިހާރައެއް ހިންގާ މީހެކެވެ. ކޮންމެ ދުވަހަކުވެސް މި ފިހާރައިގެ ކުރިމަތިން ދާ އަންހެނުންނަށް މި މީހާ ފޮށި، ފުރައްސާރަ ކުރެއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ތިހެން ހަދަންވެފަހުރި މީހެއްއެބަހުރި ކުޅުދުއްފުށީގައި

  2. ތިހެން ހަދަންވެފަހުރި މީހެއް އެބަހުރި ކުޅުދުއްފުށީގައި

    • ކުޅުދުއްފުށީ މަގުތަކުގަ ދުއްވާފަދާ ކުދިން ތިބެނީ އަންހެން ކުއްޖަކު ފެންނައިރަށް ފަހަތައް ކަރުއެނބުރިފަ. ނޭނގެ އެހެން ރަށްރަށުގެ ގޮތެއް.