57 އަހަރު ފަހުން ކައިވެންޏަކާ ހަމައަށް ދެވޭނީ ހަމަ ގައިމުވެސް އެގުޅުން ވަރަށް ވަރުގަދަ ވެގެންނެވެ. އަނެއްކާ މިއީ އާދައިގެ ގުޅުމެއް ނޫނެވެ. 57 އަހަރުގެ ތެރެއިން ބޮޑު ބައެއްގައި ދެ މީހުން އުޅުނީ އެކަކު އަނެކަކު ގެއްލިގެންނެވެ. އެހެންނަމަވެސް، ގުޅުމަށް ބަދަލެއް ނާދެއެވެ. "ދޯކާ" އެއްވެސް ނުދެއެވެ.

މިއީ ބާބަރާ ކޮޓަން އަދި ކާޓިސް ބްރޫވާގެ ލޯބީގެ ވާހަކައެވެ.

1961 ވަނަ އަހަރު މި ގުޅުން ފެށިގެން ދިޔައީ ހައި ސްކޫލުންނެވެ. އެހެންނަމަވެސް، ސްކޫލު ނިންމުމަށްފަހު ދަސްވެނިވުމަށްފަހު، ދެ މީހުން އެކަކު އަނެކަކާ ގެއްލުނެވެ. ޒަމާނުގެ ގޮތުން އެއީ ބޮޑު ޤައުމެއްގައި ގެއްލިއްޖެ މީހަކު ހޯދަން ފަސޭހަ ޒަމާނެއް ނޫނެވެ. ފޭސްބުކާއި އެނޫންވެސް އެފަދަ ވަސީލަތްތަކުގެ ޒަމާނެއް ނޫނެވެ.

ގެއްލުމަށްފަހު، ބާބަރާ ދިޔައީ އަމިއްލަ އަވަށަށެވެ. މަންމަ މަރުވުމަށްފަހު ފަސް ކޮއްކޮ ބެލުމުގެ ޒިންމާ ނެގީ އޭނާއެވެ. ބްރޫވާ، އޭނާގެ ދިރިއުޅުމައިގެން ކުރިއަށް ދާން ފެށިއެވެ.

އެހެންނަމަވެސް، އޭގެ 57 އަހަރު ފަހުން އެދެމީހުން އަނެއްކާވެސް މިވަނީ ގުޅިފައެވެ. އަދި މި ގުޅުމަށް ރަސްމީ ސިފަވެސް ވަނީ ގެނެސްފައެވެ. މިހާރު 70ގެ އުމުރުތައް ގުނަމުން އަންނަ މި ދެ ލޯބިވެރިން ވަނީ މި މަހުގެ ފަސްވަނަ ދުވަހު ކައިވެނި ކޮށްފައެވެ.

ދުނިޔޭގެ އެތައް ބަޔަކު ދަނީ، އެމެރިކާގެ މި ދެމަފިރިންނަކީ ލޯބީގެ މިސާލެއްކަމަށް ބުނަމުންނެވެ.