ގޭގައި އޮޅުކޮށްގެން ގެންގުޅޭ ބުޅާ ގެއްލިގެން ހޯދުމުގެ މަސަައްކަތް ކުރަމުންދިޔަ އާއިލާއަކާއި ދިމާވި ނުރައްކާތެރި ޖަނަވާރެއްެގެ ވާހަަކަދައްކާލަމާ ހިނގާށެވެ.

އެމެރިކާގެ މިސިއްސިއްޕީގައި މިދިޔަ އަންގާރަ ދުވަހު ބުޅާ ހޯދުމުގެ މަސައްކަތުގައި އުޅުނު އާއިލާއަކަށް ފެނުނީ އެ މީހުން ދިރިއުޅޭ ސަރަހައްދުގެ ކާނުގަނޑު ތެރެއިން ވަރަށް ބޮޑު ކިނބުލެކެވެ. އެ ކިނބޫ ފެނުމުން ފުރަތަމަ އެމީހުން ހީކުރީ އެހެން އެއްޗެއް ކަމަށެވެ.

އެހެން ނަމަވެސް އިރުކޮޅެއް ފަހުުން އެއީ ބޮޑު ކިނބުލެއްކަން އެ މީހުންނަށް އެނގިގެން ދިޔައެވެ.

ސްނޯ ނަމަކަށް ކިޔާ އެ އަންހެން މީހާ އާއި އޭނާގެ ދޮން ދަރަފުޅު އެ މީހުންގެ ބުޅާ ހޯދަން އުޅުމުގެ ތެރޭގައި އެ ކިނބޫ ފެނުނުއިރު، އެކަން އެ މީހުން ވަނީ ޖަނަވާރުން ހިފާ އުޅޭ މީހުންގެ ސަމާލުކަަމަށް ގެނެސްފައެެވެ.

އެ ކިނބުލުގައި7 ފޫޓް ހުންނާނެ ކަމަށް ވެއެވެ. ޖަނަވާރުން ކޮންޓްރޯލް ކުރާ ޓީމުންް އެ ކިނބޫ ބޮޑުކަމުން އެއަށް އެއްވެސް ކަމެއް ނުކޮށް އެ ގައުމުގެ ނުރައްކާތެރި ޖަނަވާރުންތަކާއި ބެހޭ ޑިޕާޓްމެންޓަށް ގުޅާ އެކަން އެ މީހުންގެ ސަމާލުކަމަށް ގެނައެވެ.

އަދި ފަހުން އެ ޑިޕާޓްމެންޓުން އައިސް އެ ކިނބޫ އަތުލައިގަނެފައި ވެއެވެ. އަދި އޭތި ފަހުން ވަނީ މޫދަކަށް ދޫކޮށްލާފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. Anonymous

    ހަމަ އަސްލުތަ! މަ ހަމަ ހައިރާން ވެއްޖެ.!!