ހަމަ ވަރަށް ހީ ނުކުރާ ކަންކަމުގެ ސަބަބުންވެސް މީހުން މުއްސަނދި ވެދާނެއެވެ. ނަސީބު ކަން ދިމާ ކުރާ ގޮތަކުންވެސް އެކަން ވެދާނެއެވެ. ޕްރޮމޯޝަނަކުން، ގުރުއަތަކުން ނުވަތަ ހަމަ ތަނެއްގައި އޮއްވާ ފެންނަ އެއްޗެއްގެ ސަބަބުންވެސް އެކަން ވެދާނެއެވެ. މި ކުޑަ ކުއްޖާއަށްވެސް ހަމަ އެފަދަ ގޮތެކެވެ.

އެގޮތުން އެމެރިކާގެ ޕިޓްސްފީލްޑްގެ ހައި ސްކޫލެއްގައި ތައުލީމު ހާސިލު ކުރަމުންދާ ޑޮން ލޫޓްސް ޖޫނިއަރ އަށް އެއް ދުވަހަކު ސްކޫލުގެ ކެންޓީނުން ދިން ފައިސާ ފޮއްޗެއްގެ ސަބަބުން އޭނާވަނީ މިލިއަނަރަކަށް ވެފައެވެ.

"ފޮކްސް ނިއުސް" އިން ބުނެފައިވާ ގޮތުގައި ސްކޫލުގެ ކެންޓީނުން އޭނާއަށް ދިން ފައިސާ ފޮއްޗަކީ 1943 ވަނަ އަހަރު ނެރެފައިވާ ލިންކަން ސެންޓް އެކެވެ. އަދި މިއީ ލޮއިން (ކޮޕަރ އިން) ހަދާފައިވާ ފޮއްޗެއްކަމަށްވެސް އެފަރާތުން ބުނެފައިވެއެވެ.

މި ފޮތީގެ ސަބަބުން ލޫޓްސް ޖޫނިޔަރ މުއްސަންޖަކަށް ވެފައިވަނީ އެސަރަޙައްދުގައި ބޭއްވި ނީލަމެއްގައި އަގުބޮޑުކޮށް މި ފައިސާ ފޮތި ވިއްކާލެވުމުންނެވެ. އެގޮތުން، 1.65 މިލިޔަން ޑޮލަރުގެ އަގަކަށް އޭނާއަށްވަނީ މި ފައިސާ ފޮތި ވިއްކާލެވިފައެވެ.

1943 ވަނަ އަހަރު މި ބާވަތުގެ ފައިސާ ފޮތި ނެރެފައިވަނީ ދެވަނަ ބޮޑު ހަނގުރާމައިގެ ތެރޭގައި ހަނގުރާމައިގެ އެކި އެކި ކަންކަމަށް ބޭނުން ކުރުމަށެވެ. އެހެންނަމަވެސް، ފަހުން މީގެ އަގު ބޮޑުވެ، އަގު ބޮޑު ކަންކަން ކުރުމަށް ދިޔައީ ބޭނުން ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު