ބޮޑު ޗުއްޓީއަކަށްފަހު އަނެއްކާވެސް މާދަމާ ސްކޫލުތައް ހުޅުވޭނެއެވެ. ޗުއްޓީގެ މަޖަލާއި ހިތްހަމަޖެހުމަށްފަހު އަނެއްކާވެސް ބުރަ މަސައްކަތްތަކެއް ކުރަން ޖެހޭ ބުރަ އަހަރަކާ ކުރިމަތިލާން ޖެހޭނެއެވެ. އައު ގްރޭޑަކަށް ގޮސް އައު މަސައްކަތްތަކެއް ކުރަން ޖެހޭނެއެވެ. އެހެންކަމުން، ނަފްސާނީ ގޮތުންނާއި ޖިސްމާނީ ގޮތުންވެސް ވަރަށް ތައްޔާރުވާން ޖެހޭނެއެވެ.
އެހެންކަމުން، އައު ދިރާސީ އަހަރަކާ ކުރިމަތިލާއިރު އަދި އަހަރު ފެށޭތަނުން ކުރުން ރަނގަޅު ބައެއް ކަންކަމަށް އަލިއަޅުވާލާނަމެވެ.
ލަނޑުދަނޑިތަކެއް ކަނޑައެޅުން
އައު އަހަރަކާ ކުރިމަތިލާއިރު އަމިއްލައަށް ހާޞިލު ކުރަން ބޭނުންވާ ކަންކަން ކަނޑައެޅުމަކީ ވަރަށް މުޙިއްމު ކަމެކެވެ. ކޮންމެހެން މިއީ ތަނެއްގައި ލިޔެވި ފެންނަން ހުންނަ އެއްޗެއްސަށް ވާކަށް ނުޖެހެއެވެ. އެހެންނަމަވެސް، އެގޮތަށް ހުންނަކަމުގައިވާނަމަ އެކަންކަން ހާސިލު ކުރުމަށް އެޅޭ އިތުރު ބާރަކަށް ވާނެއެވެ.
ޓީޗަރުންނާ ގުޅުން ބަދަހި ކުރަންވާނެ
މިއީ ސުމޭރު (ޑިޖިޓަލް) ޒަމާނެވެ. އެހެންކަމުން އެކުގައި ނޫޅުނުކަމުގައިވެސް ކައިރީގައި އުޅެވޭނެ ގޮތްތައް އެބަ ހުއްޓެވެ. އެހެންކަމުން، ބެލެނިވެރިންވެސް އަދި ކުދިންވެސް، މިފަދަ ވަސީލަތްތަކުގެ އެހީގައި ޓީޗަރުންނާ ގުޅުން ބަދަހި ކުރެވިދާނެއެވެ. އެއީ މެސެންޖަރ، ވަޓްސްއެޕް ނުވަތަ ވައިބަރ ގްރޫޕުތަކުގެ އެހީގައެވެ.
ނިދުމަށް ބަދަލު ގެންނަންޖެހޭ!!
ޗުއްޓީ ދުވަސްވަރުކަމުން ނިދުމަށް ވަކީ ޚާއްޞަ އުސޫލުތަކެއް، ހުރިހާ ކުދިން ގެންގުޅިފައި ނުވެދާނެއެވެ. އެހެންކަމުން، ސްކޫލު ފެށޭއިރު، މިކަންކަމަށް ސަމާލުކަން ދޭން ޖެހެއެވެ. ކުދިން އަވަހަށް ނިދައިތޯ އަދި އަވަހަށް ހޭލާތޯ ބެލުމަކީ ބެލެނިވެރިންގެ ވަރަށް ބޮޑު ޒިންމާއެކެވެ.
ދަބަހަށް ފޮތްތައް، އަވަހަށް އަޅަން ވާނެ
ސްކޫލަށް ދިއުމުގެ ކުރިން ސްކޫލަށް ގެންދަން ޖެހޭ ފޮތްތަކާއި އެހެންވެސް އެއްޗެހި ހަމަކުރަން ޖެހޭނެއެވެ. ޖެހިގެން އޮންނަ ދުވަހު ސްކޫލަށް ދޭން އޭގެ ކުރީ ދުވަހުގެ ރޭ ނިދުމުގެ ކުރިން ފޮތްތައް އެޅުމަކީ އެންމެ ބުއްދިވެރި ގޮތެވެ. ހެނދުނު އެކަން ކުރަން އުޅޭނަމަ ހަނދާނުން ކަމެއް ކައްސާލައިގެން ގޮސްފާނެއެވެ.
މިއީ ވަރަށް މަދު ކަމެކެވެ. މި ނޫނަސް އެތައް ކަމެއް، ސްކޫލު ފެށުމުގެ ކުރިން، ނުވަތަ ފެށުމަށްފަހު އަދި މުޅި އަހަރުގެ ތެރޭގައިވެސް ކުރެވިދާނެއެވެ.
ބައްޔެއް. ދިސް އިސް ލިޓެރަލީ ކޮމޮން ސެންސް؟؟?
ހުރިހާ ޕޭރެންޓުން ކައިރީ ބުނެބަލަ އަވަހަށް އޮފީހަށް އަންނާޝޭ، ސްކޫލްގެ ފުރަތަމަ ދުވަސް ވިޔަކަސް އޮފީހުގެ ޒިންމާތައް ނަގަންވާނެދޯ.