ފުލުހުންގެ ކާރުގެ ސައިރަން ވަގަށް ނެގި އިނގެރޭސި ވިލާތުގެ މީހެއް ފުލުހުން ހޯދަން ފަށައިފިއެވެ.

ބްރިޓިސް ޓްރާންސްޕޯޓް ޕޮލިސްއިން ބުނެފައިވަނީ ފުލުހުންގެ ސަންޑަރލޭންޓްގެ ރޭލު ސްޓޭޝަންއެއްގެ ކައިރީ ޕާކް ކޮށްފައި އޮތް ފުލުހުންގެ ކާރުގެ ސައިރެން ވަގަށް ނަގާފައިވާ ކަމަށާއި ސައިރަން ވަގަށް ނެގި ފަރާތް ހޯދުމުގައި އާއްމުންގެ އެހީތެރިކަން ބޭނުންވާ ކަމަށެވެ.

ފުލުހުންވަނީ މިމީހާ ސައިރެން ވަގަށް ނަގައިގެން ދިޔަ މަންޒަރު ފެންނަ ފޮޓޯއެއް އާއްމުކޮށްފައެވެ.

މިކަން ހިނގާފައިވަނީ މީގެ ދެ ދުވަސް ކުރިން ފަތިހުގެ ވަގުތެއްގައެވެ. މިކަން ކުރި ކަމުގެ ކުށުގައި މިހާތަނަށް އެއްވެސް މީހަކު ހައްޔަރު ކޮށްފައިނުވާއިރު ފުލުހުންވަނީ މިމީހާގެ އެއްވެސް މަޢުލޫމާތެއް އެނގޭނެމަ އެކަން ލަސް ނުކޮށް ފުލުހުންނަށް ހުށަހެޅުަމށް އިލްތިމާސްކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު