މިދިޔަ މަހުގެ ތެރޭގައި ކައިވެނި ކުރި ބޮލީވުޑާއި ހޮލީވުޑުގައި ރަނިކަން ކުރަމުން އަންނަ ޕްރިޔަންކާ ޗޯޕްރާ އާއި އިނގިރޭސި ލަވަކިޔުންތެރިޔާ ނިކް ޖޮނާސް މިހާރު ގެންދަނީ އެމީހުންގެ ހަނީމޫނުގެ ދުވަސްތައް ހޭދަކުރަމުންނެވެ. ކެރީބިއަންގައި އެމީހުންގެ ހަނީމޫން ހޭދަކުރަމުންދާއިރު، އެކަމުގެ މާ ބޮޑެތި ތަފްޞީލުތަކެއް ދެމުން ނުދެއެވެ.

އެހެންނަމަވެސް، ޕްރިޔަންކާ ހަނީމޫނުގެ ތެރެއިން ނަގާފައިވާ ފޮޓޯތަކެއް، މީސް މީޑިޔާ މެދުވެރިކޮށް ދެ މީހުންގެ ފޭނުންނަށް ދޫކޮށްލާފައެވެ.

View this post on Instagram

And then.. there was only him... ?

A post shared by Priyanka Chopra Jonas (@priyankachopra) on

ޑޭޓް ނައިޓް އަކަށް ތައްޔާރުވެގެން ތިބެގެން ދެ މީހުން ނަގާފައިވާ މި ފޮޓޯ އާއްމުކޮށްފައިވަނީ އިއްޔެއެވެ. އެއާއެކު ފޭނުންތައް ވަނީ "މޮޔަ" ވެފައެވެ. ފޭނުންތައް ފޮޓޯތައް ޝެއަރ ކުރަމުންދާއިރު އެފަރާތްތަކުން ބުނަނީ މިއީ ވަރަށް ޗާލު، ވަރަށް ސަޅި ފޮޓޯތަކެއްކަމަށެވެ.

ފޮޓޯ ނެގުމަށްޓަކައި ޕްރިޔަންކާ ލައިގެން ހުރި ހެދުމަށްވެސް އެތައް ބައެއްގެ ސަމާލުކަން ލިބިފައިވެއެވެ. އެގޮތުން، އޭނާ ލައިގެން ހުރި މާމެލާމެލީގެ ޑިޒައިން ހުރި ސްޓްރެޕްލެސް ހުދު ހެދުމަށާއި ނިކްގެ ތަފާތު ކުލައިގެ ސޫޓަށްވެސް ސަމާލުކަން ލިބިފައިވެއެވެ.

ދެ ތަރިންގެ ގިނަ ކައިވެނީގެ ޙަފްލާތަކެއްވެސް ބާއްވާފައިވާއިރު، މި ކޮންމެ ޙަފްލާއަކަށްވެސް އެތައް ބައެއްގެ ސަމާލުކަން ލިބިގެން ގޮސްފައިވެއެވެ. ހަނީމޫނަށްފަހު، އެމެރިކާގައިވެސް ކައިވެނީގެ ޙަފްލާއެއް ބޭއްވުމަށް ދެ ތަރިން ވަނީ ނިންމާފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ސޭޓު އަންހެނުންގެ ފިރިމީހާގެ އަންހެނުން ނަހޫ

    އަޅުގަނޑު ބޭނުން މިކަމަށް ހޮލީވުޑް އަދި ބޮލީވުޑް މިކްސް ފިލްެމެއް ހަދަން... ފިލްމްގެ ނަން ދިވެހިން " ނުނިމުނު ކައިވެނި ޕާރޓީ"