2021 ވަނަ އަހަރުގެ ނިޔަލަށް 1 މިލިޔަންއަށްވުރެ ގިނަ މީހުން އެޤައުމުގައި ރަށްވެހި ކުރުމަކީ އެޤައުމުގެ އަމާޒެއް ކަމަށް ކެނެޑާގެ މިނިސްޓަރ އޮފް އިމިގްރޭޝަން، ރެފިއުޖީ އެންޑް ސިޓިޒެންޝިޕް އަޙްމަދު ހުސެއިން ވިދާޅުވެއްޖެއެވެ.

ކެނެޑާގެ އަހަރީ ރިޕޯޓް އެޤައުމުގެ ޤާނޫން ހަދާ މަޖިލީހަށް ހުށަހަޅަމުން އޭނާ ވިދާޅުވީ 2021 ވަނަ އަހަރާއި ހަމައަށް އެޤައުމަށް އިމިގްރެންޓްސްއާއި ރެފިއުޖީންގެ ގޮތުގައި މިލަޔަނަކަށްވުރެ ގިނަ މީހުން އެތެރެ ކުރަން ބޭނުންވާ ކަމަށެވެ. އަދި މިހިނގާ 2019 ވަނަ އަހަރު ޖުމްލަ 330,800 މީހުންނަށް ރައްވެހިކަން ދެވޭނެ ކަމަށް އަންދާޒާ ކުރެވޭ ކަމަށްވެސް މިނިސްޓަރވަނީ ވިދާޅުވެފައެވެ.

މިނިސްޓަރ އިތުރަށް ވިދާޅުވެފައިވަނީ ޤައުމަށް އެންމެނަށްވެސް މަރުޙަބާ ކިޔާ ކަމަށާއި އަދި ޤައުމުތަރައްޤީ ކުރެވޭނީ އެޤައުމަށް އަންނަން ބޭނުންވާ ފަރާތްތަކަށް އެފުރުސަތު ދެވިގެން ކަމަށެވެ.

ކެނެޑާގެ މިހާރުގެ އާބާދީ އަކީ 37 މިލިޔަން މީހުންނެވެ. އަދި ނިސްބަތުން ބަލާއިރު ކޮންމެ 5 މީހަކުން އެކަކީ ކެނެޑާއަށް އެތެރެވެފައިވާ އެޤައުމުން ބޭރު ބިދޭސީއެކެވެ. ކެނެޑާގެ މިނިސްޓަރ އޮފް އިމިގްރޭޝަން، ރެފިއުޖީ އެންޑް ސިޓިޒެންޝިޕް އަޙްމަދު ހުސެއިން އަކީވެސް ސީރިޔާގެ ހަނގުރާމައަށްފަހު ކެނެޑާއަށް ރެފިއުޖީއެއްގެ ގޮތުގައިއައި މީހެއްކަން ފާހަގަކޮށްލެވެވެ.

ކިޔުންތެރިންގެ ހިޔާލު