ފޭސްބުކާއި އެނޫންވެސް މީސް މީޑިޔާގެ ވަސީލަތްތަކުގެ ސަބަބުން އެތައް ބަޔަކަށް ގެއްލުން ލިބިފައިވެއެވެ. ބައެއް މީހުންނަށް، އެކަމުގެ ސަބަބުން އެތައް ދުވަހަކު ވޭނުގައި އުޅެން ޖެހިފައިވާ ޖިސްމާނީ ބޮޑެތި ގެއްލުންތައްވެސް ލިބިފައިވެއެވެ. ހަމައެހެންމެ، އެތައް ނަފްސާނީ މައްސަލަތަކެއްވެސް ދަނީ ކުރިމަތިވަމުންނެވެ.

އެގޮތުން، ފޭސްބުކު އެކައުންޓުގެ ޕްރޮފައިލް ޕިކްޗަރ ބަދަލު ކުރުމުން އަންހެނަކަށް ވަނީ ވަރަށް ފަހުން ބޮޑެތި ގެއްލުންތަކެއް ދީފައެވެ. މިކަން ހިނގާފައިވަނީ އެންމެ ތަރައްޤީކަމަށް ވަކާލާތު ކުރާ އެއް ޤައުމުކަމުގައިވާ އިނގިރޭސިވިލާތުގެ ލިވަރޕޫލްގައެވެ.

އުމުރުން 29 އަހަރުގެ ލޮއިސް އޭޝްޓަން އަށް ބޮޑެތި އަނިޔާތަކެއް ދީފައިވަނީ އޭނާ ކުރިން ލޯބީގެ ގޮތުން ގުޅިގެން އުޅުނު ފިރިހެން މީހާއާއި އޭނާގެ ރައްޓެހިންތަކެކެވެ. ދިން އަނިޔާތަކުގެ ސަބަބުން ލޮއިސްގެ މޫނުމައްޗަށް އެތައް ގެއްލުމެއް ލިބި، ތިން ދަތްވެސް ވެއްޓިފައިވެއެވެ.

މި މައްސަލައާ ގުޅިގެން ލޮއިސްގެ ކުރީގެ ލޯބިވެރިޔާ މިހާރު ވަނީ ތިން އަހަރު ދުވަހަށް ޖަލަށް ލައިފައެވެ.

ލޮއިސް އިތުރަށް ބުނި ގޮތުގައި ކުރިން އެމީހުން ގުޅިގެން އުޅުނުއިރުވެސް ކޮންމެވެސް ވަރަކަށް ލޯބިވެރިޔާ އަނިޔާކޮށްފައިވެއެވެ. އެހެންނަމަވެސް، ރައްޓެހިވިތާ ކައިރީގައި ނުވަތަ ފުރަތަމަ ދުވަސްކޮޅު އޭނާ އުޅުނީ ވަރަށް ލޯބިންކަމަށްވެސް ބުނެފައިވެއެވެ.