ޗަންކޯއަކީ އުމުރުން އެއް އަހަރުގެ އިންސްޓާގްރާމް މޮޑެލްއެކެވެ. އެ ކުއްޖާއަށް އިންސްޓާގްރާމްގައި ތިން ލައްކަ ފޮލޯވާސް ލިބިފައިވާ އިރު، އެންމެ މަގުބޫލު ކަމަކީ ބޯ އިސްތަށިގަނޑެވެ.

ޗަންކޯއަކީ ޓީވީ ސްޓާރެއްގެ އިތުރުން، އޭނާގެ ކެރެކްޓާއަށް އެނިމޭޝަން ސީރީސްއެއްވެސް ހަދާފައިވާ ކުއްޖެކެވެ. ޖަޕާންގެ މަޝްހޫރު މޮޑެލިން އޭޖެންސީތަކުން އަބަދުވެސް ޗަންކޯއަށް ލޯއަޅަމުންދާ އިރު، އޭނާގެ މައިންބަފައިން ބުނެފައި ވަނީ މަޝްހޫރު މޮޑެލް އޭޖެންސީއަކުން ބޮޑު ހުށަހެޅުމެއް އައިސްފައިވާ ކަމަށެވެ.

ޗަންކޯގެ މަންމަ ބުނެފައި ވަނީ އޭނާއަކީ ކެމެރާއަށް ފައްކާ ކުއްޖެއް ކަމަށާއި، މިހާރު މޮޑެލިންގެ އަގުބޮޑު ހުށަހެޅުމެއް އައިސްފައިވާ ކަމަށެވެ. އަދި އެ ހުށަހެޅުމުގެ ތަފްސީލުތައް ކުރިއަށް އޮތް ދުވަސްތަކުގައި ހާމަކުރާނެ ކަމަށްވެސް ޗަންކޯގެ މަންމަ ބުނެފައިވެއެވެ.

ޖަޕާނުގައި ޗަންކޯގެ އިންސްޓާގްރާމް މަޝްހޫރުވަމުންދާ އިރު، އެ ކުއްޖާގެ ބޮލުގެ އިސްތަށިގަނޑު އުފެދިފައިވާގޮތުން ގިނަ ބަޔަކު ދަނީ ފޮޓޯ ނެގުމަށްވެސް ފުރުސަތުތައް ފަހިކޮށްދެމުންނެވެ.

ކިޔުންތެރިންގެ ހިޔާލު