ވިންދު ނުޖަހާ 72 ގަޑިއިރު އޮތުމުން، ޑޮކްޓަރުން އުންމީދު ކަނޑާލާފައި އޮތް ބަލިމީހަކު ހައިރާން ކުރުވަނި ގޮތަކަށް ހޭއަރައިފިއެވެ.

ޗައިނާގެ އުތުރު ފުޖިއާން ޕްރޮވިންސްގެ ޒިއާމިން ޔުނިވާސިޓީގެ ހޮސްޕިޓަލުގައި ފަރުވާ ދެމުންދިޔަ އުމުރުން 26 އަހަރުގެ އަންހެން މީހާ ހޮސްޕިޓަލަށް ގެންދިޔައީ ވެންޓްރިކިއުލާ ފިބްރިލޭޝަން އެއްގެ ސަބަބުން ހަށިގަނޑަށް ލޭ ދައުރު ނުކުރާތީ އެމެޖެންސީ ހާލަތުގައެވެ.

އެ ހޮސްޕިޓަލުން ޕޭޝަންޓްގެ ނަން ހާމަކޮށްފައި ނުވާ އިރު، އާއަހަރުގެ ފުރަތަމަ ދުވަހު އޭނާ ހޮސްޕިޓަލަށް ގެންދިޔުމާއެކު އޭނާއަށް ވަނީ އެކިއުޓް މައިކާޑިޓިސްއަށް ފަރުވާ ދީފައެވެ. އަދި 20 މިނެޓް ވަންދެން ޗެސްޓް ކޮމްޕްރެޝަން ދިނުމަށްފަހުވެސް ހޭ އަރާފައި ނުވާތީ، އޭނާ ބާއްވާފައި ވަނީ ލައިފް ސަޕޯޓުގެ އެހީގައެވެ.

ހިތާއިން ފުއްޕާމޭގެ މަސައްކަތް ހުއްޓުމާއެކު އިތުރު މެޝިނެއްގެ އެހީގައި އޭނާއަށް ފަރުވާ ދެމުން ގެންގޮސްފައިވާ އިރު، ޑޮކްޓަރުން ބުނެފައި ވަނީ ހޭ އެރުމުގެ ކުރިން 72 ގަޑިއިރު ވިންދު ހުސްވެފައި އޮތް ކަމަށެވެ. އޭނާގެ ފުރާނަ ނެތް ކަމަށް ބައެއް މެޑިކަލް އޮފިސަރުން ނިންމި ނަމަވެސް، ޑޮކްޓަރުން އޭނާ ދޫކޮށްލާފައެއް ނުވެއެވެ.

އެތައް މަސައްކަތެއް ކޮށް، އެންމެފަހުން ޑޮކްޓަރުންވެސް އުންމީދު ކަނޑާލާފައި ވަނިކޮށް، ކުއްލިއަކަށް އޭނާގެ ހިތުގެ އެއް ބައި މަސައްކަތް ކުރަން ފެށީ މިމަހު ހަތްވަނަ ދުވަހުއެވެ. އަދި އޭގެ ދެ ދުވަސް ފަހުން ހިތް އެއްކޮށް މަސައްކަތް ކުރަން ފެށިއެވެ.

ޑޮކްޓަރުން އެ ކަންތައް ސިފަކޮށްފައި ވަނީ ބޮޑު އަޖައިބެއްގެ ގޮތުގައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

 1. މުކި

  އެހެންވީމައޭ މަމިކިޔާ ވަޅުނިލާށޭ. ޢަންދާލާށޭ. ޚައްވަޅުގ އޮއްވާ ތިހެން ވެއްޖެޔާ ކިހިނެއް ހާދާނީ

  • ހ

   އަސްތަޤްފިރުﷲ. އިސްލާމް ދީނުގަ އަންދާލުމެއް ނެތް. އެމީހަކު ނިމިދާނީ އެމީހަކު އުޅުނުގޮތަކަށްކަމަށް ހަދީސްގަ ވަނީ ވަﷲ އަޢުލަމް

 2. ޖަޒީރާ

  އެވެސް މަރު، މިވެސް މަރު