މިހާރު މީސް މީޑިއާގައި ދައުރުވަމުން އަންނަ ވީޑިއޯއަކުން ފެންނަނީ ކާރު ބާރު ބޮޑު މަގެއްގައި ސިންގާތަކެއް މަޑުމަޑުން ދާ މަންޒަރެވެ. އެ ވީޑިއޯގައި ކާރުތައް އެ ސިންގާތަކުގެ ފަހަތުން ދާތަން ފެނެއެވެ.

އެ ވީޑިއޯ ފޭސްބުކް ޕޭޖަަކަށް ލައި އާއްމުންގެ ތެރޭގައި މިހާރު ވަރަށް ބޮޑަށް ވައިރަލް ވެއްޖެއެވެ. އެ ވީޑިއޯ މިލިއަނަކަށް ވުރެ ގިނަ މީހުން ބަލައިވެސްފިއެވެ. އަދި އެތައް ބަޔަކު ކޮމެންޓްވެސްކޮށްފިއެވެ. އެ ކޮމެންޓްތަކުގައި ބައެއް މީހުން އެ މީހުންނަށް އެފަދަ ހާލަތެއް މެދުވެރިވެއްޖެނަމަ ބިރުން ފިތްކަނޑައިގެން ދާވަރުވާނެކަމަށް ވަނީ ބުނެފައެވެ.

https://www.facebook.com/MaleLionsKrugerPark/videos/297860957602114/

އެ ވީޑިއޯއަކީ ސައުތް އެފްރިކާގައި ނަގާފައިވާ ވީޑިއޯއެކެވެ. 30 ސިކުންތުގެ އެ ވީޑިއޯގައި އެ ސިންގާތައް މަގުމަތި ފަތަހަކުރަމުންދާއިރު، ކާރުތައް ފެންނަމުން ދަނީ އެ ސިންގާ ތަކުގެ ފަހަތުގައި އެ ސިންގާތަކަށް މަގުމަތީ ހިނގުމަށް ފުރުސަތު ދެމުން އަންނަ މަންޒަރެވެ.

ކާރެއްގެ ތެރޭގައި އިނދެ މީހަކު ނަގާފައިވާ އެ ވީޑިއޯއަށް ގިނަ ބައެއްގެ ސަމާލުކަން ހުއްޓުނުއިރު، މިއީ ވަަރަށް ނުވާކަމެއް ކަަމަށްވެސް އެއް ބަޔަކު ވަނީ ބުނެފައެވެ. އަދި އެ ވީޑިއޯ ކިތަންމެ ރީތިނަމަވެސް ބިރުވެރިކަމަށް ބުނަމުންދާ މީހުންވެސް މަދެއް ނޫނެވެ.

 

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. Anonymous

    ކުޑިކުދިންގެ ވާހަކަ ތަކުގަ ރަސްގެފާނަކީ ސިންގާ

    • މޯގްލީ

      ޖަންގަލީގެ ރަސްގެފާނަކީ