ދުނިޔެއަކީ އިމްތިޙާނެކެވެ. ދުނިޔޭގައި ދިރިއުޅުން ވޭތު ކުރަމުންދާއިރު، އިމްތިޙާނުތަކާވެސް ކުރިމަތިވެދާނެއެވެ. އިންސާނުންނަށް އޮތީ މިކަންކަމާ ކުރިމަތިލާ، ކެތްތެރިކަން އިސްކުރުމެވެ. އުމުރުން 28 އަހަރުގެ މާޓިނޭ އެޑަމްސް އަށް ކުރިމަތިވެފައިވަނީ މިފަދަ ޙާލަތެކެވެ.

އޭނާ ދަނީ ވަރަށް މަދުން ނޫނީ ނުފެންނަ ބާވަތެއްގެ ކެންސަރަކާ ހަނގުރާމަ ކުރަމުންނެވެ. ފުރާނައަށް ނުރައްކާ މި ކެންސަރާ އޭނާ ހަނގުރާމަ ކުރަމުންދާއިރު، މައިބަދައަށާއި ސިކުނޑިއަށްވެސް ވަނީ ބަލީގެ އަސަރު ކޮށްފައެވެ.

މީގެ އަހަރެއްހާ ދުވަސް ކުރިން މާޓިނޭއާއި އޭނާގެ އާއިލާއިން ފާހަގަ ކުރީ އުފާވެރި ކަމެކެވެ. އެއީ އެތައް އަހަރެއްގެ ވޭނަކަށްފަހު، އޭނާގެ ފިރިމީހާ، ކެންސަރު ބަލިން މުޅިން ރަނގަޅުވުމެވެ. އެހެންނަމަވެސް، އަހަރު ދުވަސްވެސް ނުވަނީވެސް މި އަންހެން މީހާއަށް، މިހާރު ޖެހިފައިވާ ބައްޔާ ކުރިމަތިލާން ޖެހުނެވެ.

މިކަމާ ގުޅިގެން އަނެއްކާވެސް ވަނީ މުޅި އާއިލާއަށް ވަނީ އަނެއްކާވެސް ހިތާމައަކާ ކުރިމަތިލާން ޖެހިފައެވެ. މާޓިނޭ އަކީ ލޯބި ލޯބި ދެ ކުއްޖެއްގެ މަންމަކަމަށްވާއިރު، އެކުދިން މަންމައާ ނުލައި ދިރިއުޅޭނެ ގޮތެއް އެއްގޮތަކަށްވެސް ނޭނގޭކަމަށް އޭނާ ބުނެފައިވެއެވެ.

މާޓިނޭގެ އާއިލާއަކީ މި ފަރުވާގެ ޚަރަދަށް ބޭނުންވާވަރުގެ ފައިސާ ލިބޭނެ ބައެއް ނޫންކަމުން، އެފަރާތްތަކުން ވަނީ އެތައް ބައެއްގެ އެހީތެރިކަމަށްވެސް އެދިފައެވެ. އަދި އެމީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އެތައް ބަޔަކު ދަނީ މަސައްކަތް ކުރަމުންނެވެ.