ވަފާތެރި ވުމަކީ ބައެއް މީހުންނަށް މާބޮޑަށް އުނދަގޫ ކަމެކެވެ. އެހެންކަމުން އެމީހުން އެއްވެސް ސަބަބެއް ނެތި ހަމަ ކުއްލިއަކަށް ހަޔާތުގެ ބައިވެރިޔާ އަށް ބޭވަފާތެރިވެއެވެ. މިއީ ވެސް އެފަދަ ފިރިހެނެއްގެ ވާހަކައެވެ. ނަމަވެސް މަސްލަހައްޓަކައި އޭނާ ނަމެއް ހާމައެއް ނުކުރެއެވެ.

އެކުގައި އުޅުނު ލޯބިވެރިޔާ އާއި އެކު އޭނާ ވަރަށް ގިނަ ދުވަސް ހޭދަކޮށްފިއެވެ. ދެމީހުން އެކުގައި އުޅެމުން އައީ ވަރަށް އުފަލުންނެވެ. ނަމަވެސް ކުއްލިއަކަށް ލޯބިވެރިޔާ މަތިން ފޫހިވާން މެދުވެރިވީ އޮފީހުން ފެނުނު މާރީތި އަންހެނެކެވެ.

އެއަންހެނަކަށް ހިތް ދޫކޮށްލެވި އޭނާ ހޯދަން މަސައްކަތް ފެށިއެވެ. އެކަން ކާމިޔާބު ވެސް ވިއެވެ. ވާހަކަދެކެވި ކޮންމެވެސް ވަރެއްގެ ގާތް ކަމެއް ވެސް އުފެދުނެވެ. އެހެންކަމުން އޭނާ ނިންމީ ލޯބީގެ ގޮތުން ގުޅިގެން އުޅުނު މީހާ ދޫކޮށްލުމަށް ފަހު އަލަށް ފެނުނު މީހާއަށް ޕްރޮޕޯސް ކުރާށެވެ.

ވަރަށް އަގުބޮޑު އެންގޭޖްމަންޓް އަނގޮޓިއެއް ގަނެ އަލަށް ފެނުނު އަންހެން މީހާ އަށް ޕްރޮޕޯސް ކުރަން ތައްޔާރުވިއެވެ. ނަމަވެސް އޭގެ ކުރިން މިހާތަނަށް ގެންގުޅުނު ލޯބިވެރިޔާ ދޫކޮށްލިއެވެ. އޮފީހުން ފެނުނު ކުއްޖެއް ދެކެ އޭނާ އަށް ލޯބިވެވިއްޖެ ކަމަށް ބުނެ ވަފާތެރި ލޯބިވެރިޔާ ދޫކޮށްލުމަށް ފަހު އޭނާ ލޯބިވެރިޔާގެ ގެއިން ނިކުތެވެ.

ކައިވެނި ކުރަން ބޭނުންވާ އަންހެން މީހާ އާއި ބައްދަލު ކޮށްލުމުގެ ކުރިން ގެއަށް ގޮސް ފޯން ޗެކް ކޮށްލިއެވެ. ފެނުނީ ހިތާމަވެރި މަންޒަރެކެވެ. އޭނާ ހޯދަން ބޭނުންވި މީހާ މިހިރީ އެހެން މީހަކާއި ކައިވެނި ކުރަން އެންގޭޖް ވެގެންނެވެ. ހުރިހާ ރަހުމަތްތެރިންގެ މީސް މީޑިއާ އެކައުންޓްތަކުން ފެންނަނީ އެމަންޒަރެވެ.

ކުރާނެ ކަމެއް ނެތެވެ. އެންމެ ފަހުން އެކަކު ވެސް ނުލިބި އޭނާ އެކަނިވެރިވީއެވެ.

ކިޔުންތެރިންގެ ހިޔާލު