ކޮންމެ މީހަކީ ވެސް ރުޅި އަންނާނެ މީހެކެވެ. އެކި މީހުން ރުޅި އައުމުން ކަންތައް ކުރަނީ އެކި ގޮތަށެވެ. ބައެއް މީހުންނަކީ ރުޅި އައުމުން ފެންނަން ހުރި ހުރިހާ އެއްޗެއް ހަލާކު ކޮށްލާ މީހުންނެވެ. އެމީހުންގެ ރުޅި މަޑުވާއިރު މާލީ އެތައް ގެއްލުމަކާއި ވެސް އޮންނަނީ ކުރިމަތިވެފައެވެ. ނަމަވެސް އެމަކަށް ޗައިނާގެ ބެއިޖިންގެ ޒުވާން ވިޔަފާރިވެރިންތަކެއް މިވަނީ ހައްލު ހޯދާފައެވެ.

ރުޅި ގަދަވާ މީހުން ރުޅި މަޑުކުރަން ހާއްސަ ކޮޓަރިއެއް އެމީހުން ވަނީ ތައްޔާރުކޮށްފައެވެ. ޖިން މެންގް އާއި އޭނާގެ ރަހުމަތްތެރިން މިދިޔަ ސެޕްޓެމްބަރ މަހު ފެށި ވިޔަފާރީގައި ކުރަން އޮންނަ ކަމަކީ ފައިސާ ނަގައިގެން މީހުންގެ ރުޅި މަޑުކުރުމެވެ.

ރުޅި މަޑުކުރުމަށް ބޭނުން ނުކުރެވޭ ހާލަތުގައި ހުންނަ ލެޕޮޓޮޕާއި ކޮމްޕިއުޓަރާއި ގަޑިއާއި އަދި ބައެއް ފަހަރު ބިއްލޫރި ފުޅިތައް ވެސް ރުޅި ގަދަވެފައި ހުރި މީހާއަތައް ދެއެވެ. އޭނާގެ މަސައްކަތަކީ މަރުތެޔޮލުން ތަޅާ އެތަކެތި ހަލާކު ކުރުމެވެ. މިއީ ރުޅި މަޑުވާކަމެއް ކަމަށް ޚިދުމަތް ހޯދާ މީހުން ބުނެއެވެ.

މަހެއްގެ މައްޗަށް 600 ކަސްޓަމަރުންނަށް ޚިދުމަތް ދެމުން އަންނަ ކަމަށް ޖިން ބުނެއެވެ. ޖިން ބުނާ ގޮތުގައި އެމީހުންގެ ކަރިއަށް ރުޅި މަޑުކުރުމުގެ ހިދުމަތް ހޯދަން ގިނައިން އަންނަނީ ޒުވާނުންނެވެ. ހާއްސަކޮށް 25 އަހަރާއި 30 އަހަރާއި ދެމެދުގެ މީހުންނެވެ. ފަހަރުގައި ޒުވާންނުންގެ ތަޖުރިބާ މަދުވުމުން ރުޅި ކޮންޓްރޯލް ކުރަން ނޭނގެނީ ކަމަށް ވެދާނެއެވެ.

ރުޅި މަޑުކުރުމަށް ކުރެވިދާނެ ތަފާތު ކަންތައްތައް އެބަހުއްޓެވެ. ޗައިނާ މީހުން ވެސް މިކުރަނީ އޭގެތެރެއިން އެއް ކަމެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. މުޙައްމަދު.

    ތިއީ ޣައިރުމުސްލިމުންނަށް ޙައްލެއްކަމަށް ފެނުނުގޮތް. އެހެންނަމަވެސް ތިއީ ޙައްލެއްނޫން. ތިކަމުގެ ޙަޤީޤީޙައްލު އިސްލާމްދީނުގައި ވަރަށް ތަފްޞީލުކޮށް ބަޔާންކޮށްދެއްވާފައިވޭ. އެކަމަށްޓަކައި އަތުން ބައިރުފިޔާވެސް ޚަރަދުކުރާކަށް ނުޖެހޭނެ.

    • އަހުމަދު

      މުސްލިމަކަށް ވީތީ އަލް ހަމްދުލިއްލާހި

  2. ަ އަނޫސް

    ތިއީ ގޮތެއް ނޫން

  3. ކިޔުންތެރިއެއް

    ރުޅިއައުމުން އެކަމުގެ ހައްލު ހޯދަން ބޭނުންތަ؟ އެހެންވިއްޔާ އަވަހަށް ވުޟޫކޮށްލާ. އިސާހިތަކު ރުޅިމަޑުވެ މީހާ ފިނިވެދާނެ
    އަހަރެމެން މުސްލިމުން ކަންތައްކުރަން އެންމެރަނގަޅުގޮތަކީ މިއީ.

  4. އިމް

    ޅައިރުގަ ދަން ބިއްލޫރި ފުޅި ތެޅުމަށް ބީޗް ތޮށި މައްޗަށް ނޭނގެ ވަކި ރުޅި އައިސްގެންކަމެއް. އެކަމް މިހާރު އަލްހަމުދު ލިﷲ އިސްލާމްދީނުގަ ފަސޭހައިން ރުޅިމަޑުކުރުމަށް އެތަށް ހައްލެއްވޭ