ޓްވީޓާއަކީ މިހާރު ދުނިޔޭގެ އެންމެ މަޝްހޫރު އެއް ޝޯޝަލް މީޑިއާއެވެ. ސެލެބްރިޓީންނާއި އެތުލީޓުންގެވެސް އެންމެ ގާތް އެއް އެކުވެރިޔާއެވެ.

އާންމުކޮށް ޓުވިޓާގައި މަޝްހޫރު ވަނީ ސެލެބްރިޓީންނާއި އެކިއެކި މަޝްހޫރު މީހުން ނަމަވެސް، އާންމުންގެ މީހުންނަށްވެސް ބައެއް ފަހަރު ސަމާލުކަން ބޮޑުވެއެވެ. އެގޮތުން މީގެކުރިން ޓްވިޓާގައި އެންމެ ގިނަ ރީޓުވީޓާއެކު ރެކޯޑު އޮތީ އެމެރިކާގެ ޗެއިން ރެސްޓޯރެންޓެއް ކަމަށްވާ ވެންޑީސްއަށް އެއް އަހަރު ދުވަހުގެ ހިލޭ ކުކުޅު ހޯދަން އެދުނު މީހާގެ އަތުގައެވެ.

ވެންޑީސް ޓެގްކޮށް، ކާޓާ ވިލްކާސަން ކުރި ޓްވީޓަކީ " އެއް އަހަރު ދުވަހުގެ ހިލޭ ކުކުޅު ހޯދަން ކިތައް ރީޓްވީޓް ބޭނުންވޭތޯ" އެހުމަށްފަހު ކުރި ޓްވީޓެވެ. އެ ޓްވީޓްގެ ރިޕްލައި އަކަށް ވެންޑީސްއިން 18 މިލިއަން ޖެހުމާއެކު، އެތައް ބަޔަކު ވިލްކާސަންއާއެކު ތބިކަން އެނގިގެން ދިޔައެވެ.

ވިލްކާސަންގެ އެ ޓްވީޓް ރީޓްވީޓް ކުރި އަދަދު 3.5 މިލިއަނަށް އެރި އިރު، އޭރި އެއީ ރެކޯޑެވެ. އެ ރެކޯޑު މުގުރާލީ ޖަޕާނުގެ ބިލިއަނަރެއް ކަމަށްވާ ޔުސާކޫ މައިޒާވާއެވެ.

މައިޒާވާއަކީ ޖަޕާންގެ އެންމެ ބޮޑު ރީޓެއިލް ވިޔަފާރި ޒޯޒޯ ޓައުންގެ ވެރިޔާއެވެ. އޭނާ ކޮށްފައިވާ ޓްވީޓަކީ ރީޓްވީޓް ކުރާ ފަރާތްތަކުގެ ތެރެއިން 100 މީހަކަށް ހަތް ލައްކަ ފަންސަވީސް ހާސް ޕައުންޑް ދޭން ކުރި ޓްވީޓެކެވެ.

އެ ޓްވީޓް މައިޒާވާ ކޮށްފައި ވަނީ ބަހާރު މޫސުމުގެ ވިޔަފާރީގައި އޭނާގެ ކުންފުންޏަށް ރެކޯޑު 73 މިލިއަން ޕައުންޑް ފައިދާ ވެފައި ވަނިކޮށެވެ.

މައީޒާވާގެ ރަސްމީ ޓްވިޓާ އެކައުންޓުން ކުރި ޓްވީޓަށް ކުއްލިއަކަށް 4.4 މިލިއަން ރީޓްވީޓްސްވެސް ލިބިފައިވާ އިރު، އޭނާގެ އިނާމު ހޯދަން އޮތް ޝަރުތަކީ ފޮލޯކޮށް ރީޓްވީޓް ކޮށްލުމެވެ.

ކިޔުންތެރިންގެ ހިޔާލު