މީގެ އަހަރެއްހާ ދުވަސްކުރިން މީސް މީޑިއާގައި ދައުރުވި ވީީޑިއޯއެއްގައި އެއް ލޯ މަރާ އަންހެން ކުއްޖަކު ވަރަށް މަޝްހޫރުވިއެވެ. ޕްރިޔާ ޕްރަކާޝްގެ ވާހަކަތައް ނުދައްކާ މީޑިއާތައް މަދުވާނެއެވެ. ދުނިޔޭގެ ނަން މަޝްހޫރު މީޑިއާތަކަށްވެސް އޭނާގެ ސަމާލުކަން އޭރު ހުއްޓުނެވެ.
ކުޅެފައިވާ މަލިޔަލަމް ފިލްމެއްގެ ލަވައެއްގެ ތަންކޮޅަކުން ބޮޑު މަޝްހޫރުކަމެއް ހޯދި ޕްރިޔާ އަނެއްކާވެސް މަޝްހޫރުވަމުން އަންނަ މަންޒަރު ފެންނަން ފަށައިފިއެވެ.
އޭނާގެ ކުރިއަށް ނެރެން ހަމަޖެހިފައިވާ ފިލްމް ސްރިޑޭވީ ބަންގަލޯގެ ޓްރެއިލާ ނެރުނު އިވެންޓަކުން އިއްޔެ އޭނާ ފެނިގެން ދިޔައެވެ.
އަދި އޭގެ ކުރިން ފިލްމީ "އުރީ" ސްކްރީން ކުރުމުގެ އިވެންޓަކަށްވެސް އޭނާ ވަނީ ގޮސްފައެވެ. އަދި އެތަނުގައި އޭނާ ބޮލީވުޑްގެ މަޝްހޫރު ތަރިންނާއެކު ފޮޓޯ ނެގިއެވެ. އަދި މީސް މީޑިއާ މެދުވެރިކޮށް ފޮޓޯތައް ހިއްސާކުރިއެވެ. އޭނާ ފޮޓޯ ނެގި ބައެއް ތަރިންގެ ތެރޭގައި ރަންވީރު ސިންގ ހިމެނެއެވެ.
ޕްރިޔާ ބުނީ، މަޝްހޫރު ތަރިންނާއެކު ބޭއްވި އެ ބައްދަލުވުމުގައި އެ މީހުންނާއި ވާހަކަދައްކާލުމުގެ ފުރުސަތު ލިބުނު ކަމަށެވެ.
އޭނާ މިހާރު އެދަނީ ބޮލީވުޑްގެ ތެރެއަށް ފީނަމުންނެވެ. އެންމެ ވީޑިއޯއެއްގެ ޒަރިއްޔާއިން އެތައް ހުށަހެޅުންތަކެއް ލިބުނު ތަރިއެއްްގެ ގޮތުގައި، ޕްރިޔާ ވާނެއެވެ. އަދި ޔަގީނުންވެސް އޭނާ ވެގެން ދާނީ މަޝްހޫރުވާނެ ތަރިއަކަށެވެ.