މަޝްހޫރު ލޮގަރ އެއްކަމަށްވާ ނުސައިރު ޔާސީން (ނަސް ޑެއިލީ) އަނެއްކާވެސް ރާއްޖެ އަތުވެއްޖެއެވެ.

އޭނާ ރާއްޖެ އައިސް މިހާރު ޗުއްޓީ ހޭދަކުރަމުން ދަނީ ރިސޯޓްތަކުގައެވެ. އޭނާ ރާއްޖެ އައިސްފައި ވަނީ ވީޑިއޯ ހެދުން ހުއްޓާލުމަށްފަހުއެވެ.

ނަސް މިފަހަރުވެސް ރާއްޖެ އައިސްފައި ވަނީ ލޯބިވެރިޔާއާއިއެކުގައެވެ. ދެ މީހުން އެކުގައި ނަގާފައިވާ ފޮޓޯތައް މިހާރު މީސް މީޑިއާއަށް ދަނީ ލަމުންނެވެ.

https://www.instagram.com/p/Bsks3AmFonx/?utm_source=ig_share_sheet&igshid=s6avc2ht09yt

ނަސް އެންމެ ފުރަތަމަ ރާއްޖެ އައިސްފައި ވަނީ، މިދިޔަ އަހަރުގެ މެދެއްހާ ހިސާބުގައެވެ. އޭނާ އެއިރު ރާއްޖެ އައިސް ރާއްޖޭގެ ހާލަތު ކަމަށް ބުނެ އާއްމު ކުރި ވީޑިއޯ އަކާ ގުޅިގެން ގިނަ ބައެއްގެ ސަމާލުކަން އޭނާއަށް ހުއްޓުނުއިރު، އޭނާ ދެކެ ނަފްރަތު ކުރާ އެތައް ދިވެހިންނެއްވެސް އެބަތިއްވެެވެ.

އޭނާ ރާއްޖޭގައި އައިސް ހެދި ވީޑިއޯއިން ދައްކައިދެނީ ބުރުގާ އަޅާ އަންހެން ކުއްޖަކު ބުރުގާ ނަގަން ބޭނުންވެ، އެކަމަކު މުޖުތަމަޢު އެކަމަށް ހުރަސް އަޅާތީ އެކަން ކުރަން ނުކެރިގެން އުޅޭ ވާހަކައެވެ.

ނަސްއަކީ ކުރިން ޤައުމުތަކަށް ޒިޔާރަތްކޮށް ކޮންމެ ދުވަހަކު އެއް މިނެޓްގެ ވީޑިއޯއެއް ހަދާ އޭނާގެ ފޭސްބުކް ޕޭޖްގައި އާއްމު ކުރަމުން އައި މީހެކެވެ. އޭނާއަކީ ޕަލަސްތީން ދަރިކޮޅަކަށް އުފަން އިސްރާއީލުގައި ދިރިއުޅެމުން އަންނަ މީހެކެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. ކަލަކުވޭ

    ތިޔަ ޔަހޫދީއަށް ވާގިދޭ ބަޔަކު މިބިމުގަ އެބަތިބި.. ސޯ ކޮއްމެއެއްޗެއް ކިޔާފަވެސް އައިސް އުޅެންވީ..

    • ޔަހޫދީ

      ކަލެ އަކައް ނޭންގޭނެ

  2. ސަޓޯ

    ފޭކު ވީޑިއޯ ގަނޑެއް ހެދީމަވެސް އަނެއްކާ މީނައަށް ވިސާ ދިނީދޯ ؟؟؟

  3. ފިރުޓޭ

    އެންމެ މީހަކުލާ ވީޑިއޯކޮޅަކާހެދި 3 ލައްކަ މީހުންގެ އަގީދާ ބުރައިގެން ދާންވީ ކީއްވެ؟

    • Anonymous

      ލޮލް! މުސްލިމުންނޯ. ހަމަ ދެފުއް ކެހެރީން.

  4. ދަލޭކަދައިތަ

    ދެނޯ؟ އައިއްސަ ހިގައިދާނެނު.

  5. ?

    އަސްތަޤްފިރުﷲ

  6. ސަޒަން

    ތީ ހަމަ ޔަހޫދީ އެއް ! ނޯ އިންޓްރެސް....