"ގޯލްޑަން ގްލޯބް" އެވޯޑް ދިނުމުގެ ހަފްލާގެ ތެރެއިން ފެން އުފުލާ ރީތި އަންހެން ކުއްޖަކަށް އެންމެންގެ ސަމާލުކަން ހުއްޓުނުތާ ހަފްތާއެއް ނުވަނީސް އަނެއްކާވެސް ފެން އުފުލާ ރީތި އަންހެނުންތަކެއް މީޑިއާގެ ސަމާލުކަމަށް އައިސްފިއެވެ. މިފަހަރު ފެން އުފުލާ އަންހެނުން ސަމާލުކަން ހޯދީ ކްރިޓިކްސް ޗޮއިސް އެވޯޑް ހަފްލާގައެވެ.

އިއްޔެ އޮތް އެވޯޑް ދިނުމުގެ ހަފްލާގައި ތިން މީހުން ވަނީ ތަބަކެއްގައި ފިޖީ ފެން ފުޅިތަކެއް ބަހައްޓައިގެން ހަފްލާގައި ބައިވެރިވި މީހުންނަށް ފެން އުފުލައިދީފައެވެ.

ފިޖީ ވޯޓާ ގާލްސް
ފިޖީ ވޯޓާ ގާލްސް

ނަމަވެސް ބައެއް މީހުން ވަނީ އެމީހުން ބޭނުން ވަނީ ގޯލްޑެން ގްލޯބް އެވޯޑް ހަފްލާގައި ފެން އުފުލައިދިން މޮޑެލް ކަމަށް ބުނެ ޓްވީޓް ކޮށްފައެވެ.

"އަހަރެމެން ބޭނުން ވަނީ އޯޖީ ފިޖީ ވޯޓާ ގާލް" އެކަކު ޓްވީޓް ކޮށްފައިވެއެވެ.

ކެލެތު ނަމަކަށް ކިޔާ ޒުވާން އަންހެނަކު ގޯލްޑެން ގްލޯބް އެވޯޑް ހަފްލާގައި ފެން އުފުލާ މުޅި ދުނިޔޭގެ ސަމާލުކަން ހޯދިއެވެ. ކެލެތު ހުރިހާ ފޮޓޯއެއްގެ ފަހަތުން ފެނުނު ފަހުން އޭނާއަށް ދަނީ މޮޑެލް ކުރުމުގެ އިތުރު ފުރުސަތުތައް ވެސް ލިބެމުންނެވެ. އަދި މީސް މީޑިއާގައި އޭނާ ފޮލޯ ކުރާ މީހުންގެ އަދަދު ވަނީ އެތައް ގުނައެއް އިތުރުވެފައެވެ.

ގޯލްޑެން ގްލޯބް އެވޯޑް ހަފްލާ ފިޖީ ވޯޓާ އިން ސްޕޮންސާ ކުރީ 12 މިލިއަން ޑޮލަރަށް ކަމަށް ވެއެވެ. ނަމަވެސް ކްރިޓިކްސް ޗޮއިސް އެވޯޑް ހަފްލާ ސްޕޮންސާ ކުރަން އެކުންފުނިން ހޭދަކުރިވަރެއް އަދި ސާފެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ?

    ނިވާކަންކުޑަ ކުލަކުލައިގެ ހެދުންލީމަ ބައެއް ލޮލުގަ އަޅައިގަނެދާނެ މަށަށް އަސްލް ރީތީ? މާޝާﷲ