އުމުރުން 72 އަހަރުގެ އެމެރިކާ އަންހެނަކު އޭނާއަށް ވުރެ 53 އަހަރު ހަގު 19 އަހަރުގެ ޒުވާނަކާއި ކައިވެނިކޮށް ކައިވެންޏަށް ދެއަހަރު ފުރުން ފާހަގަ ކޮށްފިއެވެ.

އެލްމެޑާ އެރެލް ނަމަކަށް ކިޔާ މާމައެއް ގެރީ ހެޑްވިކް ނަމަކަށް ކިޔާ ޒުވާނާ އާއި ފުރަތަމަ ބައްދަލުވީ އެލްމެޑާގެ ދަރިއެއްގެ ޖަނާޒާއިންނެވެ. ފުރަތަމަ ބައްދަލުވުމުން ވެސް ދެމީހުންނަށް އެކަކު އަނެކަކު ދެކެ ލޯބި ވެވުނު ކަމަށް ދެމީހުން ބުނެއެވެ. އޭގެ ދެހަފްތާ ފަހުން ކުރި ކައިވެންޏަށް މިހާރު ދެއަހަރު ވެއްޖެއެވެ.

އެލްމެޑާ ބުނާ ގޮތުގައި އޭނާ ކުރިން ކުރި ކައިވެންޏަށް 43 އަހަރު ވިއެވެ. ނަމަވެސް އެކައިވެނިން ނުލިބުނު ލޯބި ގެރީގެ ފަރާތުން ލިބެމުން އަންނަ ކަމަށް އޭނާ ބުނެއެވެ.

"އަހަރެމެން ދެމަފިރިންގެ ގުޅުމުގެ ސަބަބުން ދެމީހުންނަށް އުފާވެރިކަން ލިބެމުންދޭ. އަހަރެމެން ދެމީހުންނަށް ވެސް ބައްދަލުވެފައި މިވަނީ އެކަކު އަނެކަކަށް އެންމެ ރަނގަޅު މީހާއާ" އެލްމެޑާ ބުންޏެވެ.

އެންމެ ރަނގަޅު ގުޅުމެއް ދެމެހެއްޓުމަށް ކުދިކުދި ކަންތައްތަކުގައި ދެމަފިރިން އެކަކު އަނެކަކަށް އެހީތެރިވުން އެއީ އުފާވެރި ދިރިއުޅުމަކަށް ކޮންމެހެން ބޭނުން ކަމެއް ކަމަށް އެލްމެޑާ ބުނެއެވެ.

"ކުދިކުދި ކަންތައްތަކުގައި އެކަކު އަނެކަކަށް އެހީވުން އެއީ އެންމެ މުހިންމު ކަންތައް. އެއީ ކޮންމެވެސް އެއްޗެއް ކައްކައި ދިނުން. ނުވަތަ ގޭތެރެ ސާފުކުރުމުގައި އެހީތެރިވުން ފަދަ ކުދިކުދި ކަންތައްތައް." އެލްމެޑާ ބުންޏެވެ.

ގެރީ އަކީ އެލްމެޑާއަށް މާމަ ކިޔާ ދަރިއަކަށް ވުރެ ވެސް ހަގު މީހެކެވެ. ނަމަވެސް ގެރީ ބުނާ ގޮތުން އުމުރުގެ ތަފާތެއް އޭނާއަށް ނުފެނެއެވެ. އެލްމެޑާ އާއި ބައްދަލުވެ ކައިވެނި ކުރެވުމަކީ ވަރަށް ގިނަ ކަންކަން ރަނގަޅުކޮށް ދިރިއުޅުމުގައި ރަނގަޅު ތަޖުރިބާތަކެއް ހާސިލް ކުރަން ލިބުނު ފުރުސަތެއް ކަމަށް އޭނާ ގަބޫލު ކުރެއެވެ.

ހަޤީޤީ ލޯބި އެކަކު އަނެކަކު ދެކެ ވުމުން ދެން އެކަމަށް ހުރަސް އަޅާނެ އެއްވެސް ކަމެއް ނޯންނާނެއެވެ. މިއީ ވެސް އެކަމުގެ މިސާލެކެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

  1. ހުސޭނުބޭ

    ތި މާމަގެ މިލްކިއްޔާތުގައި ކިހާވަރެއް އުޅޭ! އަވަހަށް ަރުވާނެ ކަމަށް އުއްމީދު ކޮށްގެން ކުރި ކަމެއްކަން ނޭގެ!

  2. ކުރަފި

    މުސްކުޅި ފިރިހެނުން ޅަ އަންހެން ކުދިންނާ އިންނަ ވާހަކަ ނުދައްކަނީ ކީއްވެ؟

    • ޗައިނާ

      ތިވާހަކަ ނުދައްކާ. ތީ ބޮޑުވެގެންވާ ސުންނަތެއް

      • ޖޮއްބެ

        ސުންނަތޭ ކިޔައިގެން ފާޑުފާޑުގެ ޖޯކު ޖަހަން ލާދީނީ މީހުން އެއްވެސް ބިރެއް ނުގަނަނަނީ ކީއްވެބާ؟

  3. ސަޒަން

    ގަބޫލް އެއް ނުކުރާނަން ތީ ހަމަ ދެއްކުން ފުރަތަމަ ފެނިލުމުންވެސް ލޯބިވީކަމަށް ބުންޏަސް އެއީ ނުވާނޭކަމެއް، އަނެއްކާ އެއްވެސް ތަފާތެއް އިހްސާސް ނުވާކަމަށްބުންޏަސް އެއީވެސް ދޮގެއް ކިހިނެތް ތަފާތު ނުހުންނާނީ ތިޔަ ފިރިހެން ސޮރަކަށް އެއްވެސް އުފަލެއް އިހްސާއެއް ނުކުރެވޭނެކަން ކަށަވަރު އޮޅުވާލަން ކޮންމެ ފިޔޮކެކޭވެސް ކިއިދާނެ! ތިތަނުން ޅައީ އަންހެނެެއްނަމަވެސް ތަންކޮޅެއް ގަބޫލްކުރާން ފަސޭހަވީސް .... ތިސޮރު ތިއުޅެނީ ފައިސާއަށް ކަމަށް ބޮޑައް ވައްތަރީ!

  4. ކަޅުސޮރު

    ތިޔަބުނާ ކައިވެންޏަކީ އުމުރުން ދުވަސްވީ ފިރިހެނަކާ ޅަ އަންހެން ކުއްޖަކާ ކުރި ކައިވެންޏެއް ނަމަ ފާޑުކިޔާ މީހުން ވަރަށް ފޯރި ހުރީސް. ޕެޑޯފައިލެކޭ ނޫނީ އެހެން ކޮންމެސް ފަޅޮލެކޭވެސް ކީސް.

  5. އެދުރުބެ

    ތިޢީ މޮޔަ ސޮރެއް

  6. ުުއުސްގަނޑު

    ބޮޑަށް ވައްތަރީ ފައިސާ އަށް އުޅޭ މީހަކާ.......ވަރަށް ގަޅި ސޮރެއް....ތި ލޯބިވެގެން އުޅޭ ދެމީހުންނެކޭ މީހަކު ނުބުނަަނެ.....

  7. އި

    ވަﷲ އަޢުލަމް