މީގެ ދެދުވަހެއް ކުރިން މީސްމީޑިޔާގައި އެންމެ ގަދަޔަށް ދެކެވުނު އެއް ވާހަކައަކީ ބިހެއްގެ ވާހަކައެވެ. އެންމެ ގިނަ ލައިކްސް އިންސްޓަގްރާމްއިން ހޯދައިގެން ރިކޯޑް މުގުރާލި ބިހެއްވެ ވާހަކައެވެ. އެއާއެކު ގިބަ ބައެއްގެ ހިތުގައި ގިނަ ސުވާލުތަކެއް އުފެދެމުން ދިޔައެވެ. މިބިހާއި މެދުގައެވެ. މި ކަންތައް ކުރުމުގެ ޚިޔާލު އައި ގޮތާއި މެދުގައެވެ.

ކާކުގެ ޚިޔާލެއް؟

ބިހެއް އިޝްތިހާރުކޮށް ރިކޯޑް އެއް މުގުރާލުމަކީ އާދައިގެ ކަމެއް ނޫނެވެ. އަދި މިކަން ކުރި މީހަކީވެސް ތަފާތު މީހަކަށްވާނެއެވެ. ނަމަވެސް މި ބިސް އިޝްތިހާރު ކުރި މީހާ ބޭނުންވަނީ އޭނާގެ ޝަޚްސު ފޮރުވާށެވެ. އަދި އޭނާއަކީ ކާކުކަން ނާންގާށެވެ. މަޝްހޫރު ބޭރުގެ މީޑިޔާއެއް ކަމަށްވާ "ދަ އިންޑިޕެންޑެންސް" އަށް މައުލޫމާތު ދެމުން އޭނާ ބުނެފައިވަނީ މިހެންނެވެ. އޭނާއާ ބެހޭ ގޮތުން ހާމަކޮށްފައިވާ ހަމައެކަނި ވާހަކައަކީ އޭނާ އަކީ ލަންޑަނުގައި ދިރިއުޅެމުން އަންނަ މީހެއް ކަމެވެ.

ޚިޔާލު އައީ ކިހިނެތް؟

މި ބިހުގެ އިންސްޓަގްރާމް އެކައުންޓް ހެދި ފަރާތުން ބުނެފައިވަނީ މި ޚިޔާލު އައިސްފައިވަނީ 2018 ވަނަ އަހަރު އެންމެ ގިނައިން މީހުން ލައިކްކޮށްފައިވާ 10 އިންސްޓަގްރާމް އެކައުންޓް އާ ބެހޭ ގޮތުން ލިޔެފައިވާ އާޓިކަލްއެއް ކިޔަމުން ދަނިކޮށް ކަމަށެވެ. އަދި ބޭނުންވީ 2019 ވަނަ އަހަރު މި ރިކޯޑް މުގުރާލަން ކަމަށްވެސް އޭނާ ބުނެފައިވެއެވެ.

ކީއްވެ ބިހެއް؟

ބިހެއް ބޭނުންކޮށްގެން މިރިކޯޑް މުގުރާލަން ވިސްނީ ބިހަކީ ވަރަށް އާއްމު އެއްޗަކަށް ވެފައި އެފަދަ އެއްޗެއް ވައިގައި ހިފާނެތީ ކަމަށް ބިސް އިންޓަގްރާމް ހެދި ފަރާތުން މަޢުލޫމާތުދެއެވެ. އަދި މަޖާޒީ ގޮތެއްގައި ބިހެއް ތަޅައިގެންދާ ހާ އަވަހަށް ރިކޯޑް މުގުރާލެވިއްޖެ ކަމަށާއި މިއީވެސް ބިހެއް ބޭނުން ކުރި ސަބަބު ކަމަށް އޭނާ ބުންޏެވެ.

މަޤްބޫލުކަން ހޯދީ ކިހިނެތް؟

މިއެކައުންޓް ހެދިފަރާތުން ބުނެފައިވަނީ ބިހަކަށް މިހާ ބޮޑު މަޤްބޫލުކަމެއް ލިބިގެން ގޮސްފައިވާތީ އޭނާވެސް ހައިރާން ވާ ކަމަށެވެ. އަދި މިހާ ކުޑަ ދުވަސް ކޮޅެއްގައި އެތައް މިލިޔަން ފޮލޯވަރުންނެއް ލިބުނު ގޮތާއިމެދުވެސް އަޖައިބުވާކަމަށް އޭނާ ބުނެފައިވެއެ. އޭނާ އެންމެ ހައިރާންވާ ކަމަކީ އޭނާގެ އެކައުންޓްގައި 400 ފޮލޯވަރުން ތިބި އިރު، މި ޕޯސްޓް މިހާ ވައިރަލް ވެގެން ދިޔަ ސަބަބެވެ.

"ވޯލްޑް ރެކޯޑް އެގް" ގެ ނަމުގައި ހަދާފައިވާ މިއެކައުންޓަކުން ހަމައެކަނި ކޮށްފައިވަނީ ކައިލީގެ ރެކޯޑް މުގުރާލުމަށް ޖަނަވަރީ 04 ވަނަ ދުވަހު ޕޯސްޓް އެކަންޏެވެ. މިހާރު މިޕޯސްޓްއަށް 39,172,381 ލައިކްސް ލިބި، މިއީ އިންސްޓަގްރާމްގައި އެންެމެ ގިނަ ލައިކް ލިބުނު ޕޯސްޓްއެވެ.

 

ކިޔުންތެރިންގެ ހިޔާލު