ޗައިނާއިން ހަނދަށް ފޮނުވި އުޅަނދުގައި ގެންދިޔަ އޮށް ހަނދުގައި އިންދައި، އެއިން މިހާރު ގަސް ފަޅާފައިވާ ކަމަށް ޗައިނާގެ ނެޝަނަލް ސްޕޭސް އެޑްމިނިސްޓްރޭޝަނުން މިއަދު ބުނެފިއެވެ.

މިއީ ހަނދުގައި ގަހެއް އިންދި ފުރަތަމަ ފަހަރެވެ.މީގެ ކުރިން އިންޓަނޭޝަނަލް ސްޕޭސް ސްޓޭޝަން ގައި ގަސް ހައްދާފައިވެ އެވެ. ނަމަވެސް ހަނދުގައި މިކަމެއް ނުކުރެއެވެ.

ޗައިނާގެ ބައެއް މީޑިއާ ތަކުން ބުނީ ކަފަ އޮށްތައް ފަޅައިގެން ހެދެން ފަށާފައިވާ ކަމަށެވެ. އަދި މިއީ ހަނދުގައި އިންސާނުން ކުރި ބަޔޮލޮޖިކަލް ފުރަތަމަ އެކްސްޕެރިމެންޓް ކަމަށް ވެސް ބުންޏެވެ.

ޗައިނާގެ އުޅަދުގެ އެހީގައި ހަނދަން ގެންދިޔައީ ކަފަ އާއި އަލުވި އޮށުގެ އިތުރުން ޔީސްޓް އަދި މެހީގެ ބިހެވެ.

ދުނިޔެއިން ހަނދަށް ގެންދިޔަ އޮށް އިންދީ މި މަހުގެ ތިން ވަނަ ދުވަހު ޗައިނާ އިން ހަނދުގެ، ދުނިޔޭގެ ބިތްދޮށް ފަރާތަށް ފޮނުވި "ޗާންގީ 4" ގެ ނަން ދީފައިވާ އުޅަނދުންނެވެ.

ޗައިނާއިން ވަނީ މީގެ 40 އަހަރު ކުރިން ޗެންގް ފައިވް-ޓީވަން ނަމުން ނަންދީފައިވާ އުޅަނދެއް ހަނދަށް ފޮނުވާފައެވެ. ހަނދުގެ ވަށާ ބުރު ޖެހުމަށް ފޮނުވާލި ޗެންގް ފައިވް-ޓީވަން އަކީ ފާއިތުވެ ދިޔަ 40 އަހަރު ދުވަހުގެ ތެރޭގައި ހަނދު ވަށާ ބުރު ޖެހުމަށް ފަހު އެނބުރި ދުނިޔެއަށް ޖެއްސި ފުރަތަމަ އުޅަނދެވެ.

ޗައިނާއިން އެގައުމުގެ ޖައްވީ ޕްރޮގުރާމުގައި ބޮޑެތި ކުރިއެރުން ތަކެއް ހޯދަމުން އަންނައިރު ދާދި ފަހުން މަގުތައް އަލިކުރުމަށް ކުރާ ހަރަދު ކުޑަކުރުމަށް ޓަކައި އާޓިފިޝަލް ހަނދެއް އުފައްދައި ޖައްވަށް ފޮނުވަން ރާވާފައިވާ ކަމަށް ޗައިިނާގެ ކުންފުންޏަކުން ވަނީ ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ސަޕްނާ

    ރާއްޖެއިން ދިޔަނަމަ ލޭންޑްކުރާ ހިސާބުން މުޒާހަރާ ކުރަންފަށާނެ. ހުސް އުޅަނދެއް ދިޔަނަމަ މިކޮޅުގައި މުޒާހަރާ. މީހުން ގޮވައިގެން ދިޔަނަމަ އިނދެ ވަރިކޮށް އެއްމެފަހުން ރަޖަމްކޮށް މީހުންކޮޅު ހުސްވެދާނެ

  2. ދދދދދ

    އެމެރިކާ މީހުން ހަނދަށް ދިޔައިމޭ ކިޔައިގެން ދުނިޔެއަށް އޮޅުވާލި ވާހަކަ ކަހަލަ ފޭކު ވާހަކައެއް އަނެއްކާ މިމީހުންވެސް ފަތުރަން ފެށީތަ؟ މީހުން މިހާރު ތިކަހަލަ ވާހަކައަށް ސަމާލުކަމެއް ނުދޭ.

    • ޖާާހިލިއްޔަ

      ޖާހިލުންނަށް ދުނިޔެއާއި ސްޕޭސްގައި ހިނގާ ކަންކަމުގެ ހަގީގަތެއް ނޭނގޭނެ.

  3. މުހއައްމަދު

    ޔާމީނު މިފަސްއަހަރަށް ހޮވުނުނަމަ ތިޔަހަނދާއި ހުޅުމާލެ ވެމެދު ބުރިޖު އެޅީސް

    • އަސްލު

      ހަމަ ޔަގީންތާ