އިންޑޮނޭޝިއާގެ ލެބޯޓްރީއެއްގެ ތަހުގީގުތަކަށް ގެންގުޅޭ ކިނބުލަކަށް ކާންދޭން ދިޔަ އަންހެން މީހާވެސް ކާލައިފިއެވެ.

މޭރީ ނަމަކަށް ކިޔާ އެ ކިނބޫ ސައިންޓިސްޓް ޑީޒީ ޓޫވޯ ނަމަކަށް ކިޔާ އެ އަންހެންމީހާ ކާލާފައިވަނީ ކާން ދޭން ދިޔުމުން، ރައްކާތެރިކަމަށް އަޅާފައިވާ ފާރުމަތިން ސައިންޓިސްޓް ދަމާ ވައްޓާލައިގެންނެވެ. 17 ފޫޓުގެ ބޮޑު ކިނބޫ ބާއްވާފައި އޮންނަނީ އިންޑޮނޭޝިއާގެ ރަށެއް ކަމަށްވާ ސްލަވެސީގެ ސީވީ ޔޮސިކީ ލެބޯޓްރީގައެވެ.

ލެބޯޓްރީގެ ގިނަ ތަހުލީލުތަކަށް ކިނބޫގެ ބޭނުން ކުރާ އިރު، ސައިންޓިސްޓް ކާލި މައްސަލަ ފުލުހުން ދަނީ ބަލަމުންނެވެ. ހާއްސަކޮށް އެ މައްސަލައިގައި ލެބޯޓްރީގެ ސޭފްޓީ ކަންކަން ބަލާ ފަރާތްތަކުގެ އިހުމާލެއް ވޭތޯ ދަނީ ބަލަމުންނެވެ.

ކިނބޫ އަންހެން މީހާ ކާލި މަންޒަރު ބައެއް މީހުންނަށް ފެނި، ސަލާމަތް ކުރަން އުޅުނު ކަމަށްވެސް ބައެއް މީހުން ބުނެފައިވާ އިރު، އަންހެން މީހާއަށް ކިނބުލުގެ ކިބައިން ސަލާމަތް ނުވެވުނީ ފުރަތަމަ ދަތް އެޅުމާއެކު ހޭނެތިގެން ކަމަށް މައުލޫމާތުތައް ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު

14 ކޮމެންޓް

  1. ޢަލީ މުޙައްމަދު

    މިރާއްޖޭގައިވެސް ތިކަން ވާނެ.

  2. Anonymous

    ކިނބޫ ގެ އަނިޔާވެރިކަން ހައްތަހާ ވެސް.

  3. ޙުދުހުދު

    ކިނބޫ ޖަލައްލާ އަވަހަށް

    • ގުދޯގުދޯ

      ތިބެހެނީ ބޮޑު މީހާއާއި

  4. ގޮހޮރުޕަޅޭ

    މިސަރުކާރުނ މިހާރުވެސ ދަނީ މީހުނ ކަމުނެނުވެ

  5. ޑިމޮކްރަޓިސްޓް، ރ.ވާދޫ

    ތިވާނީ "ބަލި" ކިނބުލަކަށް. އެހެންވީމަ ކިނބުލަށް ފިޔަވަޅެއް އެޅިގެން ނުވާނެ.

  6. ގޫގުލާ

    މަޖިލިސް އިންތިހާބު ނިމޭއިރަށް ދެން އެން އަވަހަށް ކާލާނީ ބުރުމާ..

  7. ކިނބޫ

    ކިނބުލޭ ކިޔަނިކޮށް ހުކުމެއް އިއްވަން ޖެހިދާނެ. ދެ ކިނބުލޔގެވަރަށް އެއްގިތްކަންކަން ފާހަގަ ކުރެވޭ. ޑަތއއަޅައިފިއްޔާ މީހަކަސް ގޮނޑިއަކަސް ރިސޯޓަކަސް ދުރޔވާލާނެ

  8. ޕޯލިސް މީހާ

    މިރާއްޖެގައި މިނިކާވަގު ވެސް އެބަތިއްބޭ ކިޔާ އަޑުއިވޭ

  9. ފޯއްބެ

    އެ ކިނބުލަކީ ކާންދޭ މީހާ ވަރަށް ބޮޑަށް ރައްޓެހި ކިނބުލެއް...

  10. ކައުންސެލަރު

    ހަހަހާ! ކިނބޫ ދޯ؟ ނަމަނަމަ ފަޔަވޯލް ހުރަސްނުކުރައްޗޭ ޝަމްޢޫން. އަނދާފާނެ.

  11. ނަން

    ކިނބުލުގެ އަނިޔާވެރިކަން ހައްދުންމައްޗަށް އެރީތާ!

  12. ކިނބޫ އައްޕަ

    އެސޮރު މައިބަދައިގަ އުޅޭ މައްސަލަ ޑޮކްޓަރަށް ދެއްކި ލިޔުން ވެސް ހުއްނާނެ އެހެންވީމަ އެސޮރަށް ފިޔަވަޅު އަޅައިން ނުވާނެ !!!!!

  13. ބޮޑުކިނބޫ

    ކިނބުލައް ފިޔަވަޅު އެަލިގެންނުވާނެ. ޕޮލިހުންނަން ގޮވާލަން