ސްޕޭނުގެ ދެކުނު ސަރަހައްދެއްގައި ކައިވަތެއް ހުރި ފުން ވަޅަކަށް އުމުރުން 2 އަހަތުގެ ތުއްތު ފިރިހެން ކުއްޖަކު ވެއްޓިއްޖެއެވެ.

ސްޕެއިންގެ ފަރުބަދަ ހިމެނޭ ސަރަހައްދެއްގައި މވަޅަށް މި ތުއްތު ކުއްޖާ ވެއްޓުނީ މިދިޔަ ހޯމަ ދުވަހުއެވެ. އެކުއްޖާގެ ނަމަކީ ޖުލެން އެވެ.

ސްޕޭނު މީޑިއާތަކުގައި ރިޕޯޓްކޮށްފައިވާގޮތުގައި ފުން މިނުގައި 360 ފޫޓް ( 110 މީޓަރު) ހުރި މި ވަޅަށް ވެއްޓުނު ދެ އަހަރުގެ ކުޑަ ކުއްޖަކު ސަލާމަތް ކުރުމަށް 150 އަށްވުރެ ގިނަ މީހުން ސަލާމަތް ކުރާ އޮފިޝަލުން ދަނީ މަސައްކަތް ކުރަމުންނެވެ.

އާދަޔާ ހިލާފަށް ހިމަ މި ވަޅުގަޑަށް ކުނި އެޅުނަ ނުދިނުމަށް މަސައްކަތް ކުރަމުން އަންނައިރު ޖުލެން ހޯދުމަށް ކުރަމުން އަންނަ މަސައްކަތުގައި މީހުން ސަލާމަތް ކުރާ މީހުންނަަށް އަދި ފެނިފައިވަނީ މެޓާ ކޮތަޅެއް އެކަންޏެވެ. ނަމަވެސް އެއީ އެ ހޮރު ތެރެއިން ކަމަށް ސީދާ ބުނެފައެއް ނުވެއެވެ.

މީގެ އިތުރުން ދެ ކެމެރާއެއް އަޑިއަށް ފޮނުވައިގެންވެސް އެ ކުއްޖާ ފެނޭތޯ މަސައްކަތް ކޮށްފައިވެއެވެ. ނަމަވެސް އަދި ކުރިއެރުމެއް ލިބިފައެ ނުވެއެވެ.

ޖުލެން އަދި ވެސް މަރުނުވާ ކަމަށް އޭނާގެ މައިންބަފައިން ގަބޫލު ކުރާ އިރު ބައެއް ތަޖުރިބާ ކާރުން ގަބޫލު ކުރާ ގޮތުގައި ޖުލެން ދިރިހުއްޓާ ފެނުމުގެ ފުރުސަތު ކުޑައެވެ.

ޖުލެން ވެއްޓުނު ވަޅު ކައިރިން އިތުރު ބޮޑު ވަޅެއް ކޮނުމަށް ތައްޔާރުވަމުންދާއިރު ޖުލެން މި ވަަޅަށް ވެއްޓުނީ އެ ސަރަހައްދުގައި އެ ކުއްޖާގެ އާއިލާއާއެކު ކުޅެން އުޅުމަށްފަހު މަންމަ އާއި ބައްޕަ އެކު ކާން ތައްޔާރުވަމުން ދަނިކޮށެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ޑިމޮކްރަޓިސްޓް، ރ.ވާދޫ

    ތިހާ ފުންވަޅެއް، ތިހާ ހިމަކޮށް ކޮނުނީ ކިހިނެއްތޯ؟ ނުވަތަ ކޮނެފަ ބެހެއްޓީ ކީއްވެތޯވެސް މިމީހުން ނުބަލާތަ؟

  2. މުހައްމަދު

    150 އަށްވުރެ ގިނަ މީހުން ސަލާމަތް ކުރާ އޮފިޝަލުން ދަނީ މަސައްކަތް ކުރަމުންނެވެ.

  3. ފޯއްބެ

    ސުރުޚީ ކިޔާލީމާ ދޭހަވަނީ ވަޅުގެ ފުންމިނަކީ ކައިވަތެއް ކަމަށް..