މިއަދު ޓެކްނިލޮޖީގައި ދުނިޔެ ކުރި އަރައިގެން ދިޔަ ދިއުމާއިއެކު ގިނަ ކަންތައްތަކެއް މިވަނީ ބަދަލުވެފައެވެ. މީގެ ކުރިން ދުނިޔޭގެ ރަށްތަކަށާއި ސިޓީތަކަށް ކިޔާނަން އެނގޭ މީހަކީ މޮޅު މީހެއް ކަމުގައި ބެލެވިފައިވީނަމަވެސް، މިއަދު ގިނަ ބަޔަކު ދެކެނީ އެއީ ބޭކާރު ކަމެއްގެ ގޮތުގައެވެ. ގޫގަލް މެޕްސްއިން ދުނިޔޭގެ ކޮންމެ ޤައުމެއްގެ ކޮންމެ ސިޓީއެއް ބަލާލެވުނު ކަމުގައި ވީނަމަވެސް މިނަންތައް ދަސްކުރުމަކީ މުހިންމު ކަމެއްގެ ގޮތުގައި ބައެއް މީހުން ދެކެވެ.

ކަންޑަން ގްރެގްރީގެ މައިންބަފައިންނަކީ މީގެ ތެރެއިން ހިމެނޭ ބަޔެކެވެ. ސުކޫލުގެ މަދަރުސީ ތަޢުލީމުގައި ޤައުމުތަކުގެ ނަންތައް ދަސްކުރުމަކީ ކޮންމެހެން ކުރަން ޖެހޭ، އަދި ދަސްކޮށްދޭ ކަމަކަށް ނުވިނަމަވެސް، ގްރެގްރީގެ މައިންބަފައިންނަށް މިކަމަކީ މުހިންމު ކަމަށް ކަމެއްގެ ގޮތުގައި ދެކެއެވެ. މިކަމުގެ ނަތީޖާއެއްގެ ގޮތުން އުމުރުން 6 އަހަރުގައި ކަންޑަން ގްރެގްރީވަނީ ދުނިޔޭގެ ހުރިހާ ޤައުމެއްގެ ނަން ދަސްކޮށްފައެވެ.

ކަންޑަން ގްރެގްރީ ވަނީ ދަ އެލެން ޝޯގައި އޭނާގެ ހުނަރު ދައްކާލާފައެވެ. ހުރިހާ ޤައުމެއްގެ ނަން ކިޔާދެމުން، ކަންޑަން ގްރެގްރީ ވަނީ ގިނަ ބައެއްގެ ސަމާލުކަން ހޯދާފައެވެ. މި ވީޑިއޯ އެކި މީސްމީޑިޔާތަކުގައި ގިނަ ބަޔަކު ޝެއަރ ކުރަމުން އަންނައިރު،ދުނިޔޭގެ ހުރިހާ ޤައުމެއް އެލަން ދަސްކޮށްފައިވަނީ އެންމެ އަހަރެއްގެ ތެރޭގައިކަން ފާހަގަކޮށްލެވެއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ނަން

    އެސޮރުލައްވާ ގުރުއާން ހިތު ދަސްކުރުވިނަމަ.

  2. އޮޅިއްޖެ

    “ދުނިޔޭގެ ހުރިހާ ޤައުމެއް އެލަން ދަސްކޮށްފައިވަނީ އެންމެ އަހަރެއްގެ ތެރޭގައިކަން ފާހަގަކޮށްލެވެއެވެ” އެހެން ވީމާ އެކުއްޖާ އެއް ނޫން ދޯ ނަންތައް ދަސްކުރީ، އެލެން ދޮއްތޮ... ބޯ ހަލާކު...

  3. ލޮލީބެ

    އެއީ ލާދީނީ ސޮރެކޭ.

  4. ލޮލް

    އެލެން އުޅެނީ އަންހެނަކާ އިނދެގެންކަން އިނގޭތަ؟؟؟