ބައެއް ފަހަރު ފަރުވާ ކުޑަ ކުރެވުމުގެ ނަތީޖާއެއްގެ ގޮތުން ވަރަށް ހީ ނުކުރާ ކަންކަމާ ކުރިމަތިލާން ޖެހެއެވެ. އަދި އެކަންކަމުގެ ސަބަބުން އިތުރު އެހެން ބޮޑެތި ކަންކަމާވެސް ކުރިމަތިލާންޖެހެއެވެ. ބައެއް ފަހަރު މިފަދަ ބައެއް ކަންކަމަކީ އެކަންކަމުގެ ސަބަބުން ބޮޑެތި ލަދުތަކެއްގައި ތިމާ ބެދޭ ކަންކަމެވެ.
މިސާލަކަށް ބަލާނަމަ މިއީ އެފަދަ ކަމެކެވެ.
އެގޮތުން، އިނގިރޭސިވިލާތުގެ އެންމެ ވަރުގަދަ އަދި ދުނިޔޭގެ ނިސްބަތުން ބެލި ކަމުގައިވިޔަސް އެންމެ ވަރުގަދަ އެއް އެއަރޕޯޓު ކަމުގައިވާ ހީތުރޯ އެއަރޕޯޓުގައި އޮތް މަތިންދާބޯޓެއްގެ ތެރެއަށް ޕައިލެޓަކު ވަންނަން އުޅުނު ގޮތް ދައްކުވައިދޭ ވީޑިޔޯ ކްލިޕެއް ވަނީ އާއްމުވެފައެވެ.
މި ވީޑިޔޯ ކްލިޕުގެ ބައެއް ސްކްރީން ޝޮޓުތައްވެސް އާއްމުވެފައިވާއިރު ނުރައްކާތެރި ގޮތަކަށް ކޮކްޕިޓުގެ ކުޑަދޮރުތަކުން އެތެރެވާން މި ޕައިލެޓް އުޅެފައިވަނީ ފަރުވާ ކުޑަ ކަމުގެ ސަބަބުން ފްލައިޓުގެ ދޮރުތަކުގެ ތަޅުދަނޑި، ނަގަން ޖެހޭ ތަނުން ނަގާފައި ނުވާތީކަމަށްވެއެވެ.
މިކަމާ ގުޅިގެން މީސް މީޑިޔާގައި ވާހަކަ ދައްކާފައިވާ ބައެއް ފަރާތްތަކުން ބުނެފައިވާ ގޮތުގައި ޕައިލެޓު ކޮށްފައިވާ މި ކަމަކީ ވަރަށް ނުރައްކާތެރި ކަމެކެވެ. އަދި މިފަދަ ކަންކަން އެއްވެސް ފަރާތަކުން ކޮށްގެން ނުވާނެކަމަށްވެސް ފާހަގަކޮށްފައިވެއެވެ.
މިއީ ކޮން އެއަރލައިން އެއްގެ މަތިންދާބޯޓެއް ކަމެއް، އަދި މިއީ ކޮން ޕައިލެޓެއްކަމެއް ކަމާ ބެހޭ ފަރާތްތަކުން އާއްމުކޮށްފައި ނުވެއެވެ.
ހަހަހާ ތިޔައީ ނަޝީދު ކަހަލަ މީހެއްހެން ހީވަނީ.