ނާއްޓަކީ ކުރިން ދިވެހި ކުޑަކުދިން ކުޅެން ބޭނުންކުރި އެންމެ މައިގަނޑު އެއް ބާވަތެވެ. ބަތް ކައްކާ ކުޅުމަށާއި އެހެން ކުޅިވަރުތަކަށް ބޭނުން ކުރި އެއްޗެކެވެ. ސަބަބަކީ އެއީ ކޮންމެ ދުވަހަކުވެސް ކޮންމެ ގެއަކުންވެސް އުކާލާ މައިގަނޑު އަދި އަގު ހެޔޮ ބާވަތަކަށްވުމެވެ.

އެހެންނަމަވެސް، މިހާރު މިއީ އޮންލައިން ބާޒާރުތަކުގައި އަގު ބޮޑުކޮށް ވިކޭ އެއްޗަކަށްވެސް ވަނީ ވެފައެވެ.

އެގޮތުން، އަވަށްޓެރި އިންޑިޔާގައި، އެންމެ މަޝްހޫރު އެއް އީ-ކޮމާސް ވެބްސައިޓުކަމުގައިވާ "އެމޭޒޮން" ގައި ނާއްޓެއް ވިއްކުމަށް ވަނީ ޖަހާފައެވެ. ނަރުތައް މެށުމަށްފަހު އޮމާން ކޮށްލާފައިކަމަށް ފޮޓޯ އިން ފެންނަ މި ނާށި ވިއްކާލުމަށް ޖަހާފައިވަނީ 3000 އިންޑިޔަން ރުޕީސް އަށެވެ. އެއީ 653 ރުފިޔާ އެވެ. ފަހުން ޑިސްކައުންޓެއްގައި ނާށީގެ އަގު ހެޔޮ ކޮށްފައިވެސްވެއެވެ.

މި ނާށި ވިއްކުމަށް ވެބްސައިޓުގައި އާއްމުކޮށްފައިވާ ފަރާތްތަކުން ބުނެފައިވަނީ މިއީ ހަމަ އަސްލު ނާއްޓެއްކަމުގައެވެ. އެހެންކަމުން، މީގެ ބައެއް ތަންތަންކޮޅުގައި މައްސަލަ ހުރެދާނެކަމަށާއި އެހެންކަމުގައިވިޔަސް އެއަށް ބަދަލު ހޯދައިދެވެން ނެތްކަމަށް ބުނެފައިވެއެވެ. އިތުރަށް ބުނެފައިވަނީ މިއީ ޖޯޑެއްގެ ގޮތުގައި ބޭނުން ކުރުމަށް ވަރަށް އެކަށޭނެ އެއްޗެއްކަމުގައެވެ.

ހަމައެހެންމެ، މި ނާށި ގަތުމަށް އެއްފަހަރާ ފައިސާ ނުދެއްކޭނެ ފަރާތްތަކަށް އިންސްޓޯލަމަންޓް އަށް ފައިސާ ދެއްކޭނެ އިންތިޒާމުތައްވެސް ހަމަޖައްސާފައިވާކަމަށް ބުނެފައިވެއެވެ.

މިކަން ވެފައިވަނީ އިންޑިޔާގެ ގިނަ ފަރާތްތަކަށް ވަރަށް ހައިރާން ކުރަނިވި ކަމަކަށެވެ. ސަބަބަކީ އެޤައުމުގައި ކާއްޓަކީ މީގެ އެތައް ގުނައެއް އަގުހެޔޮކޮށް ލިބޭ ބާވަތެއްކަމުގައި ވުމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ?

    އާނ މެރީ ކުރާ އިރުވެސް ފަހަތަށް ކާއްޓެއް އެއްލާދޯ ?

  2. ނާށި

    ކާއްޓަކީ އެމީހުންގެ ކަލާންގެ އެއެއް