އިންޑިއާގެ ރަޖަސްތާނުގެ ސަރުކާރު ހޮސްޕިޓަލަކަށް ވިހަން ދިޔަ އަންހެނެއްގެ ދަރިފުޅު ވިހެއުމުގެ ތެރޭގައި ހަށިގަނޑު ދެބަޔަށް ބުރިވި މައްސަލައެއް ފެންމަތިވެއްޖެއެވެ.

އެ ތުއްތު ކުއްޖާގެ ހަށިގަނޑު ބުރިވުމުން، އެ އަންހެން މީހާ ވިހެއުމުގައި ހަރަކާތްތެރިވި ދެ ފިރިހެން ނަރުހުން އުޅުނީ އެކަން ފޮރުވާށެވެ. އެހެން ހެދުމުގެ ބޭނުމުގައި އެ ކުއްޖާގެ ހަށިގަނޑުން ބުރިވި ބައި ހޮސްޕިޓަލްގެ މޯޗަރީއަށް ލުމަށްފަހު، އެ އަންހެން މީހާގެ އާއިލާއަށް އަންގާ އެ އަންހެން މީހާ ޖައިސަލްމާ ހޮސްޕިޓަލަކަށް ބަދަލުކުރުމަށް އެދުނެވެ.

ޖައިސަލްމާ ހޮސްޕިޓަލުން އެ އަންހެން މީހާ ބެލި ޑޮކްޓަރަށް އެ އަންހެން މީހާގެ ހަށިގަނޑުގައި ގޯހެއް އުޅޭހެން ހީވެގެން އެހެން ހޮސްޕިޓަލަކަށް ފޮނުވާލިއެވެ.

އެ ހޮސްޕިޓަލުން އެ އަންހެން މީހާގެ އޮޕަރޭޝަނެއްކޮށް، އެ ކުއްޖާގެ ބޯ ވަނީ އެ އަންހެން މީހާގެ ބަނޑުން ނަގާފައެވެ. އަދި އެ މީހާ މިހާރު ދަނީ މަރާއި ހަނގުރާމަ ކުރަމުން ކަމަށް ރިޕޯޓްތައް ބުނެއެވެ.

އެ ކުއްޖާގެ ޕޯސްޓްމޯޓަމް ހެދި ޑޮކްޓަރު ބުނިގޮތުގައި، އެ އަންހެން މީހާ ވިއްސުމަށް މަސައްކަތް ކުރި ދެ ނަރުހުން އެ ކުއްޖާ ނެރުމަށް އުޅުމުގެ ތެރޭގައި މާބަރަށް އެ ކުއްޖާގެ ހަށިގަނޑުގައި ހިފުމުން އެ ކުއްޖާ ބުރިވީ ކަމަށެވެ. އަދި އެ ކުއްޖާގެ އަތާއި ފައިވެސް ވަކިވެފައިވާކަމަށް ބައެއް ރިޕޯޓްތަކުގައި ވެއެވެ.

 

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ޙަނާ

    ސުބުހާނައްﷲ.

  2. ޝަހީދު

    އިންޑިޔާ އަކީ ވަރަށް ލާއިންސާނީ ޤައުމެކެވެ. އެހެނަސް، މިތަނަށް އިންޑިޔާގެ ފައިސާގައި ވެރިކަމަށް އައިސްގެން އުޅުއްވާ ނަމުން ސޯލިޙު ކަމުން ޖައްބާރު މީހާއަށް މިވަރުގެ ޤައުމެއް ނެތިގެން އިންޑިޔާގެ އަޅުވެތިކަމަށް ގެންނަން ދަނީ މަސައްކަތް ކުރަމުންނެވެ.

  3. އަޖައިބެއް

    ތިކަހަލަ ތާކުން ތާކުން ނުޖެހޭ އިންޑިޔާ ނަރުހުންނަށް ވާނީ ތިޔަ ވަރު

  4. މަރީ

    ޕިސް ޕސް ޕިސް ދެން ހާދަ ދެރަ ޚަބަރެކޭ

  5. ??

    ސުބުހާނަﷲ