މެލޭޝިއާއަށް ނިސްބަތްވާ ޒުވާން އަންހެނަކު ކިނބުލަކާއެކު ފޮޓޯ ނަގައިފިއެވެ.

އުމުރުން 22 އަހަރުގެ އަޒީ ނަމަކަށް ކިޔާ އެ އަންހެން މީހާ ކިނބުލާއެކު ފޮޓޯ ނަގައި އެ ފޮޓޯތައް މީސް މީޑިއާގައި ހިއްސާކުރިއެެވެ. އެކަމުގެ ސަބަބުން އޭނާއަށް ވަރަށް ބޮޑަށް ފާޑިކިއުުންވެސް އަމާޒުވިއެވެ.

އޭނާ ފޮޓޯތައް ނަގާފައި ވަނީ ގޭ ތެރޭގައެވެ. އޭނާ ގޭގެ ތެރޭ ސޯފާގައި އެ ކިނބޫ ކޮޑުމައްޗަށް ލައިގެންވެސް ފޮޓޯ ނަގާފައި ވެއެވެ. ފަސް ފޫޓު ހުރި އެ ކިނބޫ އޭނާއަށް ފެނިފައި ވަނީ އޭނާ ދިރިއުޅޭ ގޭގެ ބޭރުންނެވެ.

އެ ފެނިގެން ބިރެއްވެސް ނެތި، ގޭތެރެއަށް ވައްދައިގެން އޭނާ ފޮޓޯނެގިއިރު، އެ ފޮޓޯތަކުން އޭނާ ކިނބޫދެކެ އެއްވެސް ގޮތަކަށް ބިރު ގަންނަހެނެއް ހިއެއް ނުވެއެވެ. އެ ފޮޓޯތަކުގައި އޭނާ ހުރީ ހީލައިގެންނެވެ.

އަޒީ ވަނީ އެ ކިނބޫ އޭނާގެ ގޭތެރޭގައި އޮއްވާ ވީޑިއޯއެއްވެސް ނަގާފައެވެ. އަދި ފަހުން އޭނާ އެ ކިނބޫ ގެއާ ކައިރި ކޯރަކަށް ދޫކޮށްލާފައިވާކަަމަށްވެސް އޭނާ ބުންޏެވެ.

އަޒީ އެ ކިނބުލާއެކު ފޮޓޯ ނެގުމުން އޭނާއަށް ވަރަށް ބޮޑަށް ފާޑުކިޔުން އަމާޒުވިއެވެ. ދާދި ފަހުން ސައިންޓިސްޓަކު ކާން ދެމުންދިޔަ ކިނބުލެއް މި ވަނީ އޭނާ ކާލާފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ހަސަންކޮއި

    މިރާއްޖޭގެ ކިތައްމީހުން ކިނބުލާއެކު ފޮޓޯ ނެގީ