ބައެއް ކުދިންނަކީ ކޮންމެވެސް ސަބަބަކާ ހުރެ މައިންބަފައިންގެ ލޯބިން މަޙްރޫމްވެފައިވާ ކުދިންނެވެ. އަސްލު މައިންބަފައިންގެ ލޯބި ނުލިބުނަސް ބައެއް ފަހަރު ދަރިން ނުލިބޭ މީހުން ދަރިން އެޑޮޕްޓް ކުރުމާއިއެކު މަންމައެއްގެ ލޯބި ނުވަތަ ބައްޕައެއްގެ ލޯބި އެކުދިންނަށް ލިބެއެވެ. މިފަހަރުވެސް ކަން ހިނގާފައި މިވަނީ މިފަދަ ގޮތަކަށެވެ.

ކޭޓީ ޕޭޖްއަކީ ކައިވެންޏެއް ކުރުމަށް ފަހު ވަރިވުމާއި ގުޅިގެން ކައިވެނި މަތިން ފޫހިވެފައިވާ އަންހެނެވެ. ނަމަވެސް އޭނާވެސް ކުއްޖަކު ހޯދަން ބޭނުންވެއެވެ. މިހެންވެ އޭނާ ބޭނުންވީ ކުއްޖެއް އެޑޮޕްޓް ކުރާށެވެ. އުމުރުން 32 އަހަރުގައި މިއަންހެން މީހާ ކުއްޖަކު އެޑޮޕްޓް ކުރުމަށް ނިންމިއިރު، މަދު ދުވަސް ކޮޅެއްގެ ތެރޭގައި މިމީހާއަށް ފިރިހެން ކުއްޖަކުވަނީ ހޮސްޕިޓަލްއިން ހަދިޔާކޮށްފައެވެ. އަދި އޭގެ އަހަރެއްހާ ދުވަސް ފަހުން އަންހެއް ކުއްޖަކުވެސް މިމީހާ އެޑޮޕްޓް ކޮށްފައިވެއެވެ.

މިހާރު މިދެކުދިންގެ ތެރެއިން ފިރިހެން ކުއްޖާއަށް 1 އަހަރުވެފައިވާއިރު، މި ދެކުދިންނަކީ އެއްބަޑު އެއްބަފާ ދެކުދިންކަން އެނގުނީ ޑީއެންއޭ ޓެސްޓްއެއް ހެދުމަށް ފަހުގައެވެ. ޑީއެންއޭ ހަދަން އޭނާ ނިންމާފައިވަނީ އެދެކުދިންގެ އުޅުން އެއްގޮތްވުުމުންނެވެ.

ކިޔުންތެރިންގެ ހިޔާލު