މީސް މީޑީއަކީ މިހާރު ދިވެހިންނާއި ވަރަށް ރަހުމަތްތެރި އެއްޗެކެެވެ. އޭގެން ލިބޭ ރަހުމަތްތެރިންވެސް މިހާރު މާ ގިނައެވެ. މިހާރު މީސް މީޑިއާގެ ޒަރިއްޔާއިން އެންމެ ގިނައިން ފެންނަ އެކައްޗަކީ ޗެލެންޖްތަކެވެ. އެކި ކަހަލަ ޗެލެންޖްތަކެވެ.

މީގެ ދުވަސްކޮޅެއް ކުރިން މީސް މީޑިއާގެ ބޮޑު ސަމާލުކަމަށް އައި މި ޗެލެންޖްތައް ދިވެހިންނަށްވެސް މަޖާވެއްޖެއެވެ. މީސް މީޑިއާގެ މަޝްހޫރު ޕޭޖަކުން އެ ޕޯސްޓް ކުރަނީ، އެ ޗެލެންޖެއް ފުރިހަމަކޮށް ފޮޓޯ ނަގާފައި ލާށެވެ. އެކަން ބައެއް ދިވެހިން ކުރެއެެވެ. އަދި މީސް މީޑިއާއަށް ފޮޓޯވެސް ލައެވެ.

އެހެން ޕޯސްޓްތަކަށް ބަލާއިރު، 3000 ކޮމެންޓްކޮށްފިނަމަ، މޫނަށް ބިހެއް ތަޅާ މަންޒަރު ވީޑިއޯކޮށްފައިލާނެ ކަމަށް ބުނެ ޗެލެންޖު ކުރާ މީހުންވެސް މަދެއް ނޫނެވެ. އަދި މީގެ އިތުރުން، އާއްމުތަނެއްގައި އޮށޯވެ އޮވެގެން ފޮޓޯ ނެގުމާއި، އަދި އެ ބުނާ އަދަދަކަށް ކޮމެންޓެއް ކުުރުމުން އެންމެ ކުޑައިރުގެ ފޮޓޯއަކާއި މިހާރުގެ ފޮޓޯއެއް އެއްކޮށް ލުންވެސް މިއީވެސް މިހާރު މީސް މީޑިއާގައި ކުރިއަށްދާ ޗެލެންޖެކެެވެ.

މިއީވެސް ހަމަ މީސް މީޑިއާގައި މިހާރު ކުރިއަށްދާ ޗެލެންޖްތަކެވެ. މި ޗެލެންޖްތައް އިތުރަށް ފޯރި އެރުވުމަށް ރައްޓެހިން ޓެގްކޮށް އެ މީހުން ލައްވާވެސް ކޮމެންޓްކޮށް ހަދައެވެ. އަދި އެ ބުނާ އަދަދަކަށް ހަމަވުމުން އޭނާއަށް އެކަން އަންގަންވެސް އަންގައެވެ.

މި ޗެލެންޖްތައް މީސް މީޑިއާގެ ބޮޑު ސަމާލުކަމަށްއައިރު، ބައެއް މަޝްހޫރު ތަރިންވެސް ބައިވެރިވެގެން ކުރިއަށްގެންދާ އެއް ޗެލެންޖެއްގެ ވާހަކަވެސް ދައްކާލަމާ ހިނގާށެވެ. އެއީ މިހާރުގެ ފޮޓޯއަކާއި، އަދި މީގެ 10 އަހަރު ކުރީގެ ފޮޓޯއަކާއެކު ކުރިއަށްދާ 10އިޔާސް ޗެލެންޖެެވެ. އެ ޗެލެންޖުގައި ބޮލީވުޑްގެ މަޝްހޫރު ތަރިންވެސް ދަނީ ބައިވެރިވަމުންނެވެ.

މިއީ އެކަކު އަނެކަކުގެ އެކުވެރިކަން އާލާ ކުރުވުމަށް ކުރަމުން އަންނަ މަސައްކަތެކެވެ. ގިނަ މީހުން މި ޗެލެންޖުގައި ބައިވެރިވެގެން މަޖާ ނަގަމުން ދަނީ މަޖާ ކުރުމުގެ ނިޔަތުގައެވެ.

ކިޔުންތެރިންގެ ހިޔާލު