ސައުދީގައި މަސައްކަތް ކުރަމުން އަންނަ ފިލިޕީންސްގެ އަންހެނަކާއި، އޮންލައިން ގޭމް ކުޅުމުގެ ތެރެއިން ދިމާވި ފިރިހެނަކާއި ކައިވެނި ކުރި ވާހަކަ މީޑިއާތަކުގެ ސަމާލުކަަމަށް އައިތާ މާ ގިނަ ދުވަހެއް ނުވެއެވެ. އެ އަންހެން މީހާއާ ކައިވެނި ކުރުމަށް އެ ފިރިހެން މީހާ އިސްލާމް ދީން ގަބޫލުކުރީވެސް އެ އަންހެން މީހާއަށްޓަކައެވެ،

އުމުރުން 23 އަހަރުގެ ސަމްރާ ނަމަކަށް ކިޔާ އެ އަންހެން މީހާއާއި އެމެރިކާއަށް ނިސްބަތްވާ ޓްރިސްޓަންއާއި ދެ މީހުންގެ ކައިވެނި ކުރެވިގެންދިޔައީ މިިދިޔަ ޑިސެމްބަރު މަސް ތެރޭގައެވެ.

އެ މީހުންގެ ކައިވެނި ކުރުމަށް ޓްރިސްޓަން އިސްލާމް ދީން ގަބޫލުކުރިއެވެ. އަދި އެއަށްފަހު އިސްލާމް ދީނުގައި އޮންނަ ގޮތަށް ކައިވެނި ކުރިއެވެ. އަދި އޭގެ ފަހުން ވެސްޓާން ގޮތަށްވެސް ވަނީ ކައިވެނިކޮށްފައެވެ.

ސަމްރާ އާއި ޓްރިސްޓަން ދިމާވެފައި ވަނީ، އޮންލައިންކޮށް ގޭމް ކުޅެން އުޅުމުގެ ތެރޭގައެވެ. އޭގެ ފަހުން މި ދެމީހުން ވަރަށް ބޮޑަށް ރަހުމަތްތެރިއެވެ. އަދި ކޮންމެ ދުވަހަކު ގުޅައިގެން ވާހަކަދައްކަމުން ގޮސް، އެންމެ ފަހުން މި ދެމީހުން ލޯބީގެ ގޮތުން ގުޅިގެން އުޅެން ފެށިއެވެ. އަދި މިދިޔަ ޑިސެންބަރު މަހު ފިލިޕީންސްގައި މި ދެ މީހުންގެ ކައިވެނި ކުރިއެވެ.

ޓްރިސްޓަން ބުނީ، އޭނާ މަސައްކަތް ކުރަމުން ދަނީ ސަމްރާ އެމެރިކާއަށް ގެެނެސް، އެ ގައުމުގެ ރަށްވެއްސަކަށް އޭނާ ބަދަލުކުރުން ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ކޮސްް

    އެއް ނުރައްކާ އިތުރުވީ

    • މީމް

      ހެހެހޭ! ހަޖަމްކޮށްލާ!

  2. މުޖައްރިބު

    ދެން އެއަށްފަހު ދެމީހުންވެސް ނަސޯރާދީނަށް ބަދަލުވާން.