ކުއްޖާގެ މައިންބަފައިން އެކުގައި އުފަލުގައި އުޅުމަކީ ކޮންމެ ކުއްޖެއްވެސް އުންމީދެވެ. ނަމަވެސް ވަރަށް ގިނަ ފަހަރަށް އެކި ސަބަބުތަކާހުރެ ކުއްޖާގެ މައިންބަފައިން ވަރިވެ، ވަކިން ދިރިއުޅެން ފަށައެވެ. އަދި މިކަމުގެ ސަބަބުން ކުއްޖާއަށް ނަފްސާނީ ގޮތުން ބޮޑެތި ގެއްލުންތަކެއް ލިބެއެވެ. ނަމަވެސް ދިރާސާއަކުން ދައްކާފައިވާ ގޮތުގައި، ކުއްޖާއަށް އެންމެ ބޮޑު ނަފްސާނީ ގެއްލުމެއްވަނީ ކުއްޖާގެ އުމުރުން ހަތް އަހަރާއި 14 އަހަރާއި ދެމެދުގައި އެކުއްޖާގެ މައިންބަފައިން ވަރިވެފައިވާނަމައެވެ.

މިގޮތަށް ދައްކާފައިވަނީ، ވަރީގެ ސަބަބުން ކުއްޖާއަށް ކުރާ އަސަރާއި ގުޅޭ ގޮތުން ފުރަތަމަ ފަހަރަށް ހެދި ދިރާސާގައެވެ. މި ދިރާސާ ވަނީ ސޯޝަލް ސައިންސް އެންޑް މެޑިސިން ޖާނަލްގައި ޝާއިރުކޮށްފައެވެ.

މި ދިރާސާއިން ދައްކާފައިވާ ގޮތުގައި އުމުރުން ހަތް އަހަރާއި 14 ދެމެދު ކުއްޖާގެ މައިންބަފައިން ވަރިވާ ކުދިންގެ ތެރެއިން ކޮންމެ ފަސް ކުއްޖަކުން އެކެއް ކަންކަމާ ކުރިމަތިލާން ޖެހިލުންވާ ކަމަށާއި މީހުންގެ ބަސް ނޭހުމާއި އަމިއްލައަށް ކަންކަން ނިންމުމަށް އަވަސްވެ ގަންނަ ކަމަށެވެ.

ދިރާސާ ހެދުމުގައި އިސްކޮށް ހަރަކާތްތެރި ޕްރެފެސަރ އެލްމާ ބުނެފައިވަނީ އުމުރުން ހަތް އަހަރަކީ ކުއްޖާ ކަންކަން ދެނެގަންނަން ފަށާ ހިސާބު ކަމަށާއި ނަމަވެސް ކުއްޖާގެ މާހައުލުގައި ހިނގާ ކަންކަމުގެ ފުރިހަމަ ދެނެގަންނަން ނޭނގޭ ކަމަށެވެ. ނަމަވެސް އުމުރުން 14 އަހަރުގައި ދިރިއުޅުމުގައި ހިނގާ ކަންކަން އަމިއްލައަށް ވިސްނޭ ކަމަށެވެ. މިހެންކަމުން ހަތް އަހަރާއި 14 އަހަރާއި ދެމެދުގެ އުމުރުގައި ކުއްޖާގެ މައިން ބަފައިން ވަރިވާނަމަ އެކަމުގެ ހިތި ކުއްޖާއަށް ލިބިގެންދާ ކަމަށް ޕްރަފެސަރ ބުނެފައިވެއެވެ.

ރާއްޖެއަކީ ނިސްބަތުން ބަލާއިރު ވަރި އެންމެ ގިނަ އެއް ޤައުމެވެ. މިހެންކަމުން ލޯބީގެ ގޮތުން ގުޅި ކުދިން ހޯދުމުގެ ކުރިން މިފަދަ ކަންކަމަށް ކޮންމެ ދިވެއްސަކުވެސް ވިސްނާލުމަކީ ވަރަށް މުހިންމު ކަމެކެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ނިޒާހު

    ހުސް ފޭކު

  2. މީ
  3. ޢުދާސް

    ވަރި ގިނަވަނީ ދީންވެރި މީހުން އިޚުތިޔާރު ކުރުމުގެ ބަދަލުގަ ރީތި ކަމަށް ބޮޑަށް ބެލޭތީ،