ހަރުފައަކީ ދިރޭ ބާވަތްތަކުގެ ތެރެއިން އެންމެ ނުރައްކާތެރި އެއް ބާވަތެވެ. އޮޅުކުރެވުނުކަމުގައިވިޔަސް، އެއީ އިންސާނުންގެ ފުރާނައަށް ނުރައްކާވާ ވިހަ އެކުލެވޭ އެއްޗެއްވެސްމެއެވެ. އެހެންނަމަވެސް، ކެރޭ މީހުން، މި އެއްޗެހި ގޮވައިގެން އުޅެއެވެ.

އެހެންނަމަވެސް، އެމީހުންނަށް ބައެއް ފަހަރު ކުރެވޭ ކަންކަމުގެ ސަބަބުން އެމީހުންގެ ކުޅަދާނަކަން ދެއްކޭ ގޮތް ނުވެއެވެ. އެގޮތުން މިއީވެސް އެފަދަ ކަމެކެވެ.

ޖަރުމަނުވިލާތުގެ ބޮޑު އެއަރޕޯޓެއްކަމުގައިވާ ބާލިންގެ ޝޯންފީލްޑް އެއަރޕޯޓުން، ފުރަން ދަމުން ޖީބަށް ހަރުފައެއް ލައިގެން ދިޔަ މީހަކު ވަނީ ވަރަށް ފަހުން އަތުލައިގަނެފައެވެ. މިދިޔަ އަހަރުގެ ފަހުކޮޅު އެމީހާ އަތުލައިގަނެފައިވީކަމުގައިވިޔަސް، ކަމާ ބެހޭ ފަރާތްތަކުން އެކަން އާއްމު ކޮށްފައިވަނީ މި ހަފްތާގެ ތެރޭގައެވެ.

މި މައްސަލައިގައި އުމުރުން 43 އަހަރުގެ މީހަކު ހައްޔަރު ކޮށްފައިވާއިރު، ފަޓުލޫނު ޖީބު ތެރެއަށް ލައިފައި އޮތް ހަރުފަ އޮތީ ވަރަށް ބޮޑު ޕެކުކޮށް، ވަރަށް ބޮޑަށް ފޮރުވާފައެވެ. އެހެންނަމަވެސް، މަތިންދާބޯޓަށް އަރަން ދަނިކޮށް، ސެކިއުރިޓީންނަށްވަނީ މިކަން ފާހަގަކުރެވިފައެވެ.

ނޫސްތަކުން އިތުރަށް ބުނެފައިވާ ގޮތުގައި މި މީހާ މަސައްކަތް ކޮށްފައިވަނީ އިސްރާއިލަށް ހަރުފަ ގެންދިއުމަށެވެ. އެހެންނަމަވެސް، މިއީ ކޮން ޤައުމެއްގެ މީހެއްކަމެއް އެނގިފައި ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު