އިންޑޮނޭޝިއާއަށް ނިސްބަތްވާ އަންހެނަކަށް، ފިރިމީހާގެ ފޯނުގެ ޕާސްވޯޑް ނުދިން މައްސަލާގައި، ފިރިމީހާގެ ހަށިގަނޑުގައި އަލިފާން ރޯކޮށްލައިފިއެވެ.

އިންޑޮނޭޝިއާގެ ނޫސްތަކުން ބުނެފައިވާގޮތުގައި، އުމުރުން 26 އަހަރުގެ ޑެޑި ޕުރްނަމާ ނަމަކަށް ކިޔާ އެ ފިރިހެން މީހާގެ ފޯނު ޕާސްވޯޑް ހޯދަން އޭނާގެ އަނބިމީހާ އައީ އޭނާ ގޭގެ ފުރާޅު ހެދުމުގެ މަސައްކަތުގައި އުޅެމުން ދަނިކޮށެވެ.

ޕުރްނަމާ އޭނާގެ 25 އަހަރުގެ އަނބިމީހާ އީހާމް ސަހްޔަނީއަށް ފޯނުގެ ޕާސްވޯޑް ދޭން ދެކޮޅު ހެދިއެވެ. އެކަމާއި ބޮޑު ޒުވާބެއް ދެ މީހުންގެ ދޭތެރޭގައި ދިޔައެވެ. ޕުރްނަމާ ސަހްޔަނީ ގައިގާ ޖެހިއެވެ.

އޭގެ ފަހުން ސަހްޔަނީ ވަނީ ޕުރްނަމީގެ ގަޔަށް ޕެޓްެރޯލް އަޅާ އޭނަގެ ގައިގާ ރޯކޮށްލާފައެވެ. އަދި އަވައްޓެރިއަކު ޕުރްނަމީ ސަލާމަތް ކުރުމަށް އެތަނަށް ދިޔަ ކަމަށްވެސް ވެއެވެ.

ރިޕޯޓްތައް ބުނާގޮތުގައި، އެ ފިރިހެން މީހާ މަރުވެފައި ވަނީ ހޮސްޕިޓަލްގައި ފަރުވާދެމުން ދަނިކޮށް ދެ ދުވަސް ފަހުންނެވެ.

އެ މައްސަލާގައި ސަހްޔަނީ ވަނީ ޖަލަށް ލާފައެވެ. އަދި އެ މައްސަލަ އިތުރަށް ތަހުގީގު ކުރަމުން އަންނަކަމަށްވެސް ރިޕޯޓްތައް ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ސުވާލު

    ދެން ޕާސްވޯޑް ލިބުންތަ؟

  2. ގުންޑާ

    މީހުންނާ އިނދެގެން އުޅެން ނޭނގޭ އަންހެނުން މީހުންނާ ނީންނާނީ

  3. ބުރޯ

    މިވެސް ފިރިހެން މީހާ ކުރިކަމައްނަމަ ދުނިޔެ ގިޔާމައް ވެގެން މީހުންތައް ދުވާނެ...