މީގެ ކުރިން ކަނޑުގެ ދިރާސާތައް ކުރާ ފަރާތްތަކަށް ދުވަހަކު ވެސް ފެނިފައި ނުވަވަރުގެ ބޮޑު މިޔަރެއް ފެނިއްޖެއެވެ.

"ޑީޕް ބްލޫ" ގެ ނަން މިހާރު ދީފައިވާ މިޔަރުގެ ބޮޑުމިނުގައި ހަމީޓަރު ހުންނާނެ ކަމަށް ލަފާކުރެވެއެވެ. މިޔަރުގެ ބަރުދަން ދެޓަނަށް ވުރެ ބަރު ވާނެ ކަމަށް ވެސް ލަފާކުރެވެއެވެ. މިޔަރުގެ ވީޑިއޯއެއް ނަގާފައި ވަނީ އޯޝަން ރަމްސޭ އިންނެވެ. އާދަޔާއި ހިލާފަށް ބޮޑު މިމިޔަރުގެ އުމުރުން 50 އަހަރު ވެދާނެ ކަމަށް ދިރާސާ ކުރާ ފަރާތްތަކުން ލަފާކުރެއެވެ.

މިމިޔަރު ފެނުނީ ހަވާއީ ކައިރިންނެވެ.

މިޔަރުގެ ސައިޒަށާއި މިޔަރުގެ ހަރަކާތްތަކަށް ބެލުމަށް ފަހު ސައިންސްވެރިން ބުނަނީ މިމަޔަރު އޮތީ މާބަނޑުވެފައި ކަމަށް ވުން ވަރަށް ގާތެވެ.

https://www.instagram.com/p/BstzkcZlZHg/?utm_source=ig_web_copy_link

ގްރޭޓް ވައިޓް ޝާކްގެ އަންހެން ޖިންސްގެ މިޔަރު 6.1 މީޓަރަށް ބޮޑުވުމުގެ ފުރުސަތު އޮވެއެވެ. ނަމަވެސް ފިރިހެން ޖިންސްގެ މިބާވަތުގެ މިޔަރު އެންމެ ބޮޑު ވަނީ 4 މީޓަރަށެވެ. 2014 ވަނަ އަހަރު ކޮށްފައިވާ ދިރާސާ އަކުން ދައްކާ ގޮތުގައި މިބާވަތުގެ މިޔަރު 70 އަހަރު ވަންދެން ދުނިޔޭގައި އުޅެއެވެ. މިބާވަތުގެ މިޔަރީ ގަޑިއަކު 35 މޭލު ބާރު މިނުގައި ދަތުރުކުރުމުގެ ގާބިލްކަން ލިބިފައިވާ މިޔަރެކެވެ.

ފަހަކަށް އައިސް ދުނިޔޭގެ އެކި ސަރަހައްދުތަކުން މިޔަރު މަދުވަމުން ދިއުމަކީ ސައިންސްވެރިންގެ ވަަރަށް ބޮޑު ކަންބޮޑުވުމެކެވެ.