ޗައިނާއަށް ނިސްބަތްވާ އަންހެނަކަށް އާދަޔާ ހިލާފު ބައްޔެއް ޖެހިގެން އެ ވާހަކަ ގިނަ ބައެއްގެ ސަމާލުކަމަށް ވަނީ އައިސްފައެވެ. ރިޕޯޓްތައް ބުނާގޮތުގައި، އެ އަންހެން މީހާއަށް ޖެހިފައިވާ ވަރަށް މަދުން ނޫނީ ނުފެންނަ އެ ބަލީގެ ސަބަބުން އޭނާއަށް ފިރިހެނުން ދައްކާ ވާހަކަތައް އަޑެއް ނީވޭނެއެވެ.

ޗެން ނަމަކަށް ކިޔާ އެ އަންހެން މީހާ ހައި ޕިޗުން ވާހަކަދައްކާ މީހުން، ދައްކާ ވާހަކަތައް އޭނާއަށް އަޑު އިވޭނެއެވެ.

"ރިވާސް ސްލޯޕް ހިއަރިންގ ލޮސް"ގެ ނަމުން ނަން ދީފައިވާ އެ ބަލީގެ ޝިކާރައަކަށްވެފައިވާ އެ އަންހެން މީހާއަށް ޖެހިފައިވާ އެ ބައްޔަކީ 13000 މީހުންގެ ތެރެއިން އެކަކަށް ޖެހޭ ބައްޔެއް ކަަމަށް ވެއެވެ.

އެ ބަލީގެ އަލާމާތްތައް ފެންނަން ފެށީ، އެއް ރެއެއްގައި އޭނާއަށް ރޭގަނޑު ގަޑީ ތަފާތު އަޑުތައްވެސް އިވެން ފެށި ހިސާބުންނެވެ. އެރޭ ނިދާލުމަށްފަހު އަނެއް ދުވަހުގެ ހެނދުނު އޭނާ ހޭލިއިރު، އޭނާގެ ލޯބިވެރިޔާ ދެއްކި އެއްވެސް ވާހަކައެއް އޭނާއަށް އަޑެއް ނީވެއެވެ. އެހެންވެގެން އޭނާއަށް ލިބުނީ ވަރަށް ބޮޑު ހައިރާން ކަމެކެވެ.

އެކަމާއި އެ ދުވަހު އޭނާ ހާއްސަ ސްޕެޝަލިސްޓަަކަށް ދެއްކިއެވެ. އެއީ އަންހެން ޑޮކްޓަރެކެވެ. ނަމަވެސް ޗެންއަަކަށް އެ މީހާ ދައްކާ ވާހަކަ ރަނގަަޅަށް ސާފެއް ނުވެއެވެ. އަދި އޭނާ ޑޮކްޓަރު ކޮޓަރީގައި އިންދާ އައި ފިރިހެން ޑޮކްޓަރ ދެއްކި އެއްވެސް ވާހަކައެއް އޭނާއަށް އަޑުއިވިފައެއް ނުވެއެވެ.

ޑޮކްޓަރު އެއިރު ބުނިގޮތުގައި، ޗެންއަށް މިހެން ވެގެން އުޅެނީ ސްޓްރެސްގެ ސަބަބުން ކަމަށެވެ. އެއީ ޗެން މަސައްކަތުގައި މާބުރަަކޮށް އުޅޭކަން ޑޮކްޓަރު ގާތުގައި ބުނެފައި ވުމުންނެވެ. އެކަމާއި ގުޅިގެން އޭނާ ހޮސްޕިޓަލްގައި އެޑްމިޓްވެސް ކުރިއެވެ.

އަދި އެ ބައްޔަކީ ވަރަށް މަދުން ފެންނަ ބައްޔެއްކަމުން ޑޮކްޓަރުންނަށްވެސް އެ ބައްޔާއި ބެހޭ މާބޮޑު މައުލޫމާތެއް ނޭގެއެވެ.

ޗެންއަށް މިހެން ދިމާވީ ސްޓެސްގެ ސަބަބުން ކަމަށް ޑޮކްޓަރުން ބުނާއިރު، އޭނާއަށް ބައެއް އަންހެނުން ދައްކާ ވާހަކަވެސް އަޑެއް ނީވެއެވެ. އެއީ އެ މީހުން ވާހަކަދައްކާއިރު، ހުންނަ އަޑެއްގެ ސަބަބުންނެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ޒިޔާޕު

    ފިރިމީހައަށް ކިޔަމަން ނުވާން އެންމެ މޮޅު އުޒުރުތީ. މަށަށްވެސް މަގޭ އަންހެނުން ދައްކާވާހަކަ އަޑެއްނީވޭ.

    • Anonymous

      ގަމާރުކަން އިންތިހާއަށް.

  2. ހުސޭނުބޭ

    ތިއީ ތެދެއް ކަމަށް ވަނީ ވިއްޔާ ކޮންމެ ދުވަހަކު ފިރިމީހާގެ ދެތިން އެތިފަހަރު ތި އަންހެން މީހާގެ ކަންފަތް މައްޗަށް އަރާނެކަން ކަށާވަރު!

  3. ލަކީ

    އޭނާގެ ފިރިމީހާގެ އަޑު ނީވެންޏާ ވަރަށް ސަޅި!!!!!