މަސައްކަތުގެ މާހައުލުގައި އުޅޭއިރު، އެކި ގަޑިތަކުގައި ވަޒީފާއަށް ނުކުންނަށް ޖެހެއެވެ. ޝިފްޓް ޑިއުޓީ ގޮތަށް ގިނަ އޮފީސްތަކުގައި ވަޒީފާގެ ކަންކަން އޮންނައިރު، މިގޮތަށް ރޭގަނޑު ވަޒީފާ އަދާ ކުރާ މީހުންނަށް ހުރި ގެއްލުންތަކުގެ ވާހަކަދައްކާލަމާ ހިނގާށެވެ.

ބައެއް ސިއްހަތާއި ބެހޭ މާހިރުން ބުނާގޮތުގައި، ރޭގަނޑު ޑިއުޓީ އަދާ ކުރަން ޖެހުމުން އާއްމުކޮށް، ހަށިގަނޑުގެ އޮޕަރޭޝަންތަކަށް ބުރޫ އަރައެވެ. އަދި އެކަމުން ސިއްހަތަށް ވަރަށް ގެއްލުން ދައްކައެވެ. އެކަމުގެ ސަބަބުން ޖެހޭ ބައެއް ބަލިތަކަށް ބަލާއިރު،

ޑައިބެޓީސް

ޖަޕާނުގެ ހޯދުންތަކުން ދައްކާގޮތުގައި، ރޭގަނޑު ޝިފްޓުގައި މަސައްކަތް ކުރާ މީހުންނަކީ އެހެން މީހުން އެހެން މީހުންނަށްވުރެ ޑައިބެޓީސްގެ ނުރައްކާ 50 އިންސައްތަ ބޮޑެވެ. އޭގެ ތެރެއިން 16 ގަޑިއިރު މަސައްކަތް ކުރާ މީހުންގެ މި ބަލި އިތުުރުވާކަމަށް ބުނެފައި ވެއެވެ. އަދި އެއީ އެހެން ބަލިތަކަށްވެސް ހުށަހެޅިގެންދާކަމެއްކަން ވަނީ ފާހަގަކޮށްފައެެވެ. އެގޮތުން ލޭ މައްޗަށް ދިއުމާއި، ކެލޮސްޓްރޯލް ލެވެލް މަތިވުންވެސް ހިމެނެއެވެ.

އިންސޯމްނިއާ

ޑިއުޓީ ގަޑިތައް ހުންނަ ގޮތުން އެކި ދުވަހު އެކި ގަޑިތަކުގައި ނިދަން ޖެހުމުގެ ސަބަބުން، ހަމަ ނިދި ނުލިބި ރޭގަނޑު ވަކިން ނިދުމާއި ދުރަށް ދެވެއެވެ. މިގޮތަށް ދިމާވުމުން ކުރިން އަބަދު ރޭގަނޑު ނިދާ މީހާގެ ނިދި ރޭގަނޑަށް ނުލިބި، މުޅި މީހާ މައިތިރިކޮށްލައެވެ. އަދި ބައެއް ފަހަރު މަސައްކަތް ކުރުމަށް ފޫހިވެސް ވެއެވެ.

ޑިޕްރެޝަން

މިއީވެސް ރޭގަނޑު ޝިފްޓުގެ ސަބަބުން ބައެއް މީހުންނަށް ދިމާވާ މައްސަލައެކެވެ. ކަންކަމާއި ވިސްނަން ފުރުސަތު ލިބެނީއެވެ. އަދި އުފާވެރިކަން ގެއްލި، މީހާ މިލާމޯޅިވަނީއެވެ.

ފަލަވުން

އާއްމުކޮށް މާގިނައިން ކެއުމަކީ މީހާ ވަރަށް ބޮޑަށް ފަަލަކޮށްލާ ކަމަކަށްވާއިރު، ދަންވަރަަށް ހޭލާ އުޅޭނަމަ ވަރަަށް ބޮޑަށް ބަނޑުހައިވާނެއެވެ. އަދި އެކަމުގެ ސަބަބުން ވަރަށް ގިނައިން ކެވޭނެއެވެ. އަދި ފަލަވުމުގެ ފުރުސަތުވެސް ވަރަށް ބޮޑުވާނެއެވެ.