ހުނަރުވެރި އެތައް ބަޔަކު ދުނިޔޭގައި އުޅެމުންދެއެވެ. ފަންނުވެރިކަމުގެ އެކި ރޮނގުތަކުން ކާމިޔާބުކަމާއެކު ކުރިއަށްދާ އެތައް ބަޔަކު ދުނިޔޭގެ އެތަން މިތަނުގައި އުޅެމުންދެއެވެ. ހަމައެހެންމެ، ހީވެސް ނުކުރާފަދަ އެއްޗެހީގެ އެހީގައި މިކަންކަމުގައި ކުރިއަށްދާ އެތައް ބަޔަކު އުޅެމުންދެއެވެ.

އެގޮތުން އުމުރުން އެންމެ 22 އަހަރުގެ މި އަންހެން މީހާއަކީވެސް އެފަދަ މީހެކެވެ. މިއީ ވަރަށް މަދުން ނޫނީ ނުފެންނަ ހުނަރެއްގައި ކުރިއަށްދާ މީހެކެވެ. އެއީ އިސްތަށިގަނޑުން އެކި އާޓުތައް ދައްކާލުމެވެ.

ލައެޓިޓިޔާ ކީ ނަމަކަށް ކިޔާ ވެސްޓް އެފްރިކާ އަށް ނިސްބަތްވާ މި އަންހެން މީހާ ބުނާގޮތުން އޭނާ މިކަމަށްޓަކައި އިސްތަށީގެ އިތުރުން ދޭން ބޭނުން ކުރަނީ ވަރަށް މަދު އެއްޗެކެވެ. އޭގެތެރޭގައި ހިމެނެނީ ރޮއްޖާއި، ނަރު، ވޫލް އަދި ހެއަރ އެކްސްޓެންޝަންސް އެވެ.

ހަމައެހެންމެ، އެއްވެސް ގޮތަކުން އިސްތަށިގަނޑުގެ ރީތިކަމަށް ނުވަތަ ހަރުކުރުމަށްފަދަ ކަމަކަށް ބޭނުންކުރާ އެއްވެސް އުފެއްދުމެއް އޭނާ ބޭނުން ނުކުރެއެވެ.

ކީ ބުނި ގޮތުގައި މިކަމަށް ޝައުގުވެރިކަން އުފެދި، މިކަމަށް އޭނާގެ ހިތް ދަމައިގަތީ އިންސްޓަގްރަމް އިން ފެނުނު އަލްބަމެކެވެ. އެއީ އިހުގައި އެފްރިކާގެ އަންހެނުންގެ ބޮލަށް ޖައްސާފައި ހުންނަ ސްޓައިލުތައްކަމަށް އޭނާ ބުނެފައިވެއެވެ.

މި އަންހެން މީހާގެ ކުޅަދާނަކަމާއި މޮޅުކަން އެހެން މީހުންނަށް ދެއްކުމަށްޓަކައި އޭނާ ބޭނުންކުރާ އުކުޅަކީވެސް އިންސްޓަގަރްމް އެވެ. ގިނަ އަދަދެއްގެ ފޮލޯވަރުން އޭނާގެ ތިބިއިރު، ކީގެ މަސައްކަތްތައް ދަނީ އެމީހުންނަށް ދައްކާލަމުންނެވެ.

ހަމައެހެންމެ، އިޖުތިމާޢީ ކަންކަމަށް ހޭލުންތެރިކުރުވުން އިތުރު ކުރުމަށްވެސް އޭނާގެ ހުނަރުގެ ބޭނުން ދަނީ ހިފަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ހުސޭނުބޭ

    މަ ހަދާންވަނީ ޓީވީއެމް އިން ދެއްކި ޑްރާމާއަކު އުޅޭ ބޮއްކުރާ މަތިން! ތި ނުވޭ އަދި އެއްޗަކަށް! ބޮއްކުރާ އސްތަށިގަނޑު މާ ރީތި!