އަނިޔާވެރިކަމަކީ އެއްވެސް ކަމަކަށް ހައްލެއް ނޫނެވެ. އެކަމުން އެއް ކަމަކަށްވެސް ހައްލު ލިބިގެން ނުދާނެއެވެ. ހައްލަކީ މަޝްވަރާގެ ރިވެތި އުސޫލު އިސްކޮށްގެން ކުރިއަށް ދިއުމެވެ. އެހެންނަމަވެސް، މި މީހާއަށް އެކަން ނުވިސްވުނެވެ.

އެގޮތުން، ރަޝިޔާގެ އަންހެނަކު ކެއްކި ކެބެޖުގައި އެއްވެސް މީރު ރަހައެއް ނުލާކަމަށް ބުނެ، އެޤައުމުގެ މީހަކު ވަނީ އެއަންހެން މީހާގެ ބޯ ބުރިކޮށްލާފައެވެ. ސޫޕުގެ ރަހަ ނުބައިވުމުގެ ސަބަބުން އަންހެން މީހާއަށް ބޮޑު އަނިޔާއެއް ދިން އިރު، މިއީ ލޯބީގެ ގޮތުން ގުޅިގެން އުޅުނު ދެ މީހުންނެވެ.

މި އަންހެން މީހާގެ އުމުރަކީ 47 އަހަރުކަމަށްވާއިރު، ފިރިހެން މީހާގެ އުމުރަކީ 43 އަހަރެވެ.

ރަޝިޔާގެ ފުލުހުންނާ ހަވާލާދީ ނޫސްތަކުން ބުނެފައިވާ ގޮތުގައި މި މީހާއަށް ބޮޑެތި އަނިޔާތަކެއް ދިނުމަށްފަހު ތަނަކަށް އެއްލާލާފައި އޮތް އިރު އެއީ ކާކުކަންވެސް ނޭނގެއެވެ. އަދި، މިކަމުގެ ފަހަތުގައިވާ ހަގީގަތް އެނގުނީ ފުލުހުން މިކަން އިތުރަށް ތަހުގީގު ކުރުމުންނެވެ.

ގަސްދުގައި މީހަކު މަރާލި ކުށުގެ ތުހުމަތު މި ފިރިހެން މީހާގެ މައްޗަށް ކޮށްފައިވާއިރު މައްސަލައިގެ ތަހުގީގު، ކަމާ ބެހޭ ފަރާތްތަކުން މިހާރު ދަނީ ކުރަމުންނެވެ. އަދި އެމީހާ މި ވަގުތު ހުރީ ގޭ ބަންދުގައިކަމަށްވެސް ނޫސްތަކުން ބުނެފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

  1. ކައްކާ

    ބޯ ވެސް ބުރި ކުރަން ވީ.. އެހެން ތަން ތަން ވެސް ބުރި ކުރަން ވީ.. މީރު ކުއުމެއް ކެެއުމުގެ އުއްމީދުގަ ގެއަށް އަންނަ އިރު އަމާ ބުނީތީ ފަރަށް ދާ އުޞޫލުން ކައްކާފަ ހުރީމަ ވާނީ ތިހެން. މީރުކޮށް ނުކެއްކެންޏާ ނުކައްކާނީ އެގިއްޖޭ.. ފިރިންނަށް އެންމެ މުހިންމު ވާނީ މީރު ކުއުމަކާއި އަނބި ފިރި ކަމުގެ ގުޅުން...

    • ަފެންނަ

      ޢަމާބުނީތީ! ޚަލޭ މީހުން މަރަން ހިއްވަރު ދެނީ ތީ މުޖުރިމެއް

    • ޒީ

      ކައްކާމީހާ ތިހިރީ ހަމަ ހޭގަތަ؟ ހަމައެކަނި މީރުކެއުމާއި އަނބިފިރިކަމުގެ ގުޅުން ހިނގަން ތިބޭ ބައެއްތަ އަނބިންނަކީ؟ އެކަނބަލުންނާ އެކު ރީތި ދިރިއުޅުމެއް އުޅެވެންނެތްނަމަ ރީތިގޮތުގައި އެކަނބަލުން ދޫކޮށްލަން ދީނުގަވެސް އަންގަވާފަވަނީ. އަނިޔާވެރިވާކަށް އަންގަވާފައެއް ނުވޭ!

    • ކައްކާގެ އަމާ

      ކަލޭ ތީ އިންސާނެއް ތަ ކައްކާ؟ މި ކަހަލަ ހިޔާލު ގެންގުޅޭ މީހުން މި މުޖުތަމައު ތެރޭގަ އޫޅުން ވެސް މީ ބޮޑު ބިރެއް. ބަލަ އަނބި މީހާ ކަލޭ ބޭނުން ކަންތައް ނުކޮށްދެންޏާ ވަރި ކުރީމާ ވީނު. އެ އަންހެން ދަރިންނަކީ ވެސް ބަޔަކު ލޯބިން އެތަކެއް ގުރުބާނީ އެއް ވެގެން ބާލާ ބޮޑު ކޮށްފަ ތިބޭ ބައެއް.

  2. ރަށްދު

    ކައްކާމީހާ ހާދަމޮޔައެ އަންހެނުންނަށް އަނިޔާވެރިނުވެ ދޫކޮއްލަން ޖެހެނީ

  3. ބަސް އަހާ

    ކަަައްކާ އެއީ މޮޔައެއް ދޮ

  4. އަންހެނާ

    ބަލަގަ ކައްކާ އަށް ދަށުވެފާ އިންނާކަށް ނޫޅެމޭ ކައިރިއަށް އާދެބަލާ ލޮނުމިރުސް އަޅާނީ

  5. އޭނަ

    ކައްކާ........ ޖާހިލިއްޔަ ޒަމާނުގެ އަނިޔާވެރި ހަރުކަށި ވިސްނުމެއް. އިސްލާމްދީނުގައި ވަނީ އަންހެނުންނަށް އެތަށް ލޯތްބަކާ ގަދަރެއް ދެވިފަ... އަނިޔާވެރިކަމަކީ ހަލާކެއް ފަސާދައެއް.. ތިޔަ ދެކޭގޮތް ބަދަލު ކުރޭ. ކަލޭ ނުވަމަހާ ނުވަދުވަހު ބަނޑުއަޅައި ވޭންތަކާ ތަކުލީފް އުފުލީ އަންހެނެއް.

  6. ނޫސްކިޔާ މީހާ

    ކައްކާ ގެ ހިޔާލުހުރިގޮތުން އަޅުގަނޑު ހަމަ ބުރުހީވޭ ވަރަށް ރަހުމުކުޑަ ކައްކާއެއްތީ