މޫނުމަތިން، ދުވަސްވާކަމުގެ ނިޝާންތައް ފިލުވާލުމަށް، މަޝްހޫރު ފުޓުބޯޅަ ކުޅުންތެރިޔާ ޑޭވިޑް ބެކަމްގެ އަންހެނުން އަދި ވިޔަފާރިވެރިޔާ ވިކްޓޯރިޔާ ބެކަމް ބޭނުން ކުރަމުން ދަނީ އޭނާގެ އަމިއްލަ ލެއިން އުފައްދާފައިވާ މޮއިސްޗަރ އެއްކަމަށް އޭނާ ހާމަކޮށްފިއެވެ.

ވަރަށް އަގު ބޮޑުކޮށް އުފައްދާފައިވާ މި އުފެއްދުން އޭނާ ބޭނުން ކުރަމުން އަންނައިރު، މި އުފެއްދުން އުފައްދައިދީފައިވަނީ މިފަދަ މަޝްހޫރު ފަރާތްތަކުން ބޭނުންކުރާ ގިނަ އަދަދެއްގެ އުފެއްދުންތަކެއްގެ މޭސްތިރިއެއްކަމަށްވާ ޑރ. ބާބަރާ ސްޓާމްގެ އުފެއްދުމެކެވެ.

ވިކްޓޯރިޔާ، އޭނާގެ އިންސްޓަގްރަމް ސްޓޯރީގައި މިކަން ހާމަކޮށްފައިވެއެވެ. މި މޮއިސްޗަރގެ ފޮޓޯތަކެއްވެސް އޭނާވަނީ ހާމަކޮށްފައެވެ.

މީގެއިތުރުންވެސް އޭނާ ބުނެފައިވަނީ ލޭ ބޭނުންކޮށްގެން މި އުފެއްދުން އުފައްދާފައިވީނަމަވެސް، މިއީ ޞިއްޙަތަށް އަދި ހަންގަނޑަށް އެއްވެސް ގެއްލުމެއް ނުލިބޭ ގޮތަށް އުފައްދާފައިވާ އުފެއްދުމެއްކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ހުސޭނުބޭ

    ޑޭވިޑް ބެކަމަށް ލިބުނީ ޑްރެކިއުލާއެއްދޯ! އަނެއްކާ ޑޭވިޑް ބެކަމް ހުރީ ކޮން ހާލެއްގައިތަ؟

  2. ބޭބީ

    ޑްރެކިއުލާވެސް އެހާ ހަންގަޑުރީތީ އެހެންމީހުންގެލޭބޮއިގެން ކަންނޭގެ. މީއަމިއްލަލޭބޯމީހުން. ޙަޤީޤަތް ހޯދާލާއިރު މިއަށްވުރެވެސް ޑާކް ކަންތައް މިމީހުން ކުރާނެ.