ފަންނިއްޔާތު (ޓެކްނޮލޮޖީ) ކުރިއަރައިގެން ގޮސްފައިވުމާއެކު މިހާރު މިވަނީ ހުރިހާ ކަމެއްވެސް ސުމޭރު (ޑިޖިޓަލް) ވެފައެވެ.

ރޭޑިޔޯ ސިގްނަލް ވޭވްސް ބޭނުން ކޮށްގެން ފަންނިއްޔާތު ބޭނުން ކޮށްގެން، މޮޅު އުފެއްދުމެއް އުފެއްދުމަށް ސައިންސްވެރިންގެ ބަޔަކު ދަނީ މަސައްކަތް ކުރަމުންނެވެ. މިއީ، މި ޓެކްނޮލޮޖީ ބޭނުންކުރާ ފަރާތްތަކުގެ މުޅި ދިރިއުޅުނު ބަދަލުކޮށްލާނެ ކަމެއްކަމަށްވެސް ބެލެވެއެވެ.

އެއީ، އިންސާނާގެ ހަށިގަނޑުގެ ކަންކަމާއި ދުޅަހެޔޮކަން ބަލާނެ ސެންސަރެއް ދަތުގައި ހަރުކުރުމެވެ. މި ސެންސަރު، ބަލާ ކަންކަން ޖީބުގައި އޮންނަ ފޯނަށް ފޯރުކޮށްދޭނެއެވެ. ސައިންސްވެރިން ބުނާގޮތުގައި މިކަން ކޮށްދޭނީ ސިގްނަލުތަކުގެ އެހީގައެވެ.

އެމެރިކާގެ ޔުނިވަރސިޓީއެއްގައި މިކަން ތަރައްޤީ ކުރުމުގެ ކަންކަން ބާރަށް ކުރިއަށްދާއިރު، ހަށިގަނޑުގެ ގްލޫކޯޒް މިންވަރާއި، ލޮނު ބާވަތްތައް ކެވޭ މިންވަރާއި، ލޭގެ މިންވަރާއި އެއާއި ގުޅުންހުރި މިފަދަ އެތައް ކަމެއް އަންގައިދޭނެއެވެ.

ދެއެއް ގުނަ ދެ ގުނަ މިލިމީޓަރުގެ ޗިޕެއްވަރުގެ ސެންސަރެއްގެ އެހީގައި މިކަންކަން ކުރެވޭއިރު މައްސަލައަކަށް ދިމާވަނީ ސިގްނަލުތަކަށް ދިމާވާ މައްސަލަތަކާއި، ބްލޫޓޫތު ކައިރި ނުކުރެވޭ ތަންތަން ހުރުމުގެ މައްސަލައެވެ.

 

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. މާމިގިލީ މީހާ

    ތީތީ ރަނގަޅަކަށް މަސައިތްކަތެއް ނުކުރާނެ.. ތީ ފޭކު އެއްޗެއް. ލާރި ހޯދާން ބަޔެކު ކުރާކަމެއް ތީ.. މީހުން މޮޔަ ހައްދާން ވެގެން ހަދާ އެއްޗެއް ތީ..

  2. ކޮޮސް

    އައްދޭ ތިޔަށް ވުރެން މާމޮޅަށް އެޒަމާނުގައި އަހަރެމެންގެ ސައެންސްވެރިން މުޅި މީހާ ބަލާލާ. ނިކަން ބަލާބަލަ އިބުނު ސީނާގެ ބޭސްވެރިކަމަށް

  3. ކޮންނަބޯޓު

    ފަންވިޔެނިއްޔޭ؟؟