ޖަޕާންގެ ވެރި ރަށް ޓޯކިޔޯ ގައި ހުންނަ ސްކޫލެއްގެ ޔުނިފޯމް 11000 ރުފިޔާ (77000 ޔެން) އަށް ބޮޑުކުރުމުން އެ ސްކޫލުގެ ބެލެނެވެރިން ވަރަށް ބޮޑަށް ރުޅިގަދަވެއްޖެވެ.

ޓޯކިޔޯގެ މެދުތެރޭގައި ހުންނަ ޓައިމެއި އެލެމެންޓްރީ ސްކޫލް ގެ އިސްވެރިން އެތަނުގެ ޔުނިފޯމް ބަދަލުކޮއްފައި ވާއިރު މިހާރު އެއީ ދުނިޔޭގެ އެންމެ އަގުބޮޑު ސްކޫލް ޔުނިފޯމް ކަމަށް ބެލެވެއެވެ.

އެސްކޫލުގައި މީގެ ކުރިން އާދައިގެ ޔުނިފޯމްއެއް ބޭނުންކުރަމުން އައިނަމަވެސް، މިހާރު އެތަނުގެ ޔުނިފޯމް އަކީ މަޝްހޫރު ފެށަން ބްރޭންޑް ޖޯޖޯ އަރްމާނީ ގެ ޔުނިފޯމްއެކެވެ.

ސްކޫލް ކުދިންގެ ޔުނިފޯމް މިހައި އަގު ބޮޑުކުރުމަކީ ބޭކާރު ކަމެއްކަމަށް ބުނެ ބެލެނިވެރިން ހިތްހަމަނުޖެހުން ފާޅުކުރަމުން އަންނައިރުގައި އެ ސްކޫލްގެ މެނޭޖްމެންޓުން ބުނެފައި ވަނީ އެ ސްކޫލް ހުންނަނީ ޓޯކިޔޯގެ މެދުގައި ކަމަށާއި އެތަނުގެ ވަށައިގެން ހުންނަ ހިސާބުތަކަކީ ބްރޭންޑެޑް ފެޝަން އެއްޗެހި ވިއްކަން މަޝްހޫރު ހިސާބެއްކަމުން ވަށައިގެންވާ މާހައުލާއި އެއްގޮތައް އެ ސްކޫލް ކުދިންގެ ޔުނިފޯމް ވެސް ބަދަލު ކުރަން ޖެހޭނެ ކަމަށެވެ.

އެ ސްކޫލްގެ ޔުނިފޯމް 11000 ރުފިޔާ އަށް އަރާއިރު، ކުދިން ބޭނުން ވެއްޖެކަމުގައި ވަނީނަމަ ޑިޒައިނަރާ ވާހަކަ ދައްކައިގެން، އިތުރު އަގަކާއިއެކު ޔުނިފޯމް އަށް ކުދިކުދި ބަދަލު ގެނައުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ.

މިކަމާއި ގުޅިގެން އެ ސްކޫލްގެ ބައެއް ބެލެނިވެރިން އެމީހުންގެ ކުދިން އެ ސްކޫލަށް ނުފޮނުވަން ނިންމާފައި ވާއިރު، މެނޭޖްމެންޓް އިން މިކަމާއި ބެހޭގޮތުން އިތުރު އެއްޗެއް ބުނެފައެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު