ހދ.ނޮޅިވަރަމަށް އުފަން ޢަލީ ޙުސައިން ގެ ޢުމުރުން މިހާރު 38 އަހަރު ވީއެވެ. އޭނާގެ ޢުމުރުން އެންމެ 10 އަހަރުގައި ބަނޑުގައި ރިއްސާތީ ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލަށް ޑޮކްޓަރަށް ދެއްކިއެވެ. ޑޮކްޓަރު ދިން ބޭހެއްގެ ސަބަބުން ރިހުން އިތުރަށް ގަދަވެ، ކެތް ނުކުރެވޭވަރު ވުމުން އާއިލާއިން އޭނާ މާލެ ގެންދިޔައެވެ. މާލޭގެ ސެންޓްރަލް ހޮސްޕިޓަލަށް ދެއްކުމުން ޢަލީ ޙުސައިންގެ ގޮހޮރުގެ ހަ ތަނެއް ފޫގޮސްފައިވާ ވާހަކަ ޑޮކްޓަރު ބުންޏެވެ. އާއިލާއަށް ލިބުނު ކުއްލި ޝޮކާއި އެކު އިތުރު ފަރުވާއަށް ލަންކާ އަށް އޭނާ ގެންދެވުނެވެ. ވާހަކަ ދެއްކޭވަރުވީ ވެސް ދެމަހެއްހާ ދުވަސް ފަހުންނެވެ.

ޢަލީ ޙުސައިންގެ މި އުނދަގޫ ޙަޔާތް ވޭތުކުރަމުންދާތާ އެތަކެއް އަހަރުތަކެއް ވީއިރުވެސް ހިނގޭނެ ކަމުގެ އުންމީދަށް ކުޑަވެސް ބަދަލެއް ނާދެއެވެ. އުފާވެރި ދިރިއުޅުމަކާއި މެދު ދެކޭ ހުވަފެންތަކަށް ފަނޑުކަމެއް ނާދެއެވެ. ޢަލީ ޙުސައިންގެ ދިރިއުޅުންވެސް އެހެންމީހުންނެކޭ އެއްފަދައިން ހިތްހަމަޖެހުމާއި އުފާވެރިކަމާއި އެކު ކުރިއަށްގެންދިއުމަށް އޭނާ ބޭނުންވެއެވެ. އެގޮތުން މި އުންމީދުތަކަށް އިތުރު ކުރިއެރުމެއް ގެނުވައިދިނީ ، 2016 ވަނަ އަހަރުގެ ޑިސެމްބަރ 25 ވަނަ ދުވަހު ނޮޅިވަރަމް އިންޖީނުގެއިން ހަމަޖެހިގެން ދިޔަ ޓެކްނީޝަނެއްގެ ވަޒީފާއެވެ. މިއީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ފެނަކައިން ދިން ވަޒީފާތަކުގެ ތެރެއިން ޢަލީ ޙުސައިނަށް ލިބުނު ފަޒީފާއެކެވެ.

އަލީ ފެނަކަގެ ކުރީގެ ބޯޑު މެންބަރު މަނިކު އާއި އެކު

ޢަލީ ޙުސައިނަށް ނުހިނގެން ފެށުނީންސުރެ، އޭނާ އެއްތަނުން އަނެއްތަނަށް ދަނީ ބައިސްކަލުގައެވެ. މީހުންނާ ބައްދަލުކުރުމާއި ރަށުގެ އެކި ތަންތަން ކޮންމެ ދުވަހަކުވެސް ބަލާލަން ދިއުމަކީ ޢަލީގެ އާދައެކެވެ. ލިބުނު ވަޒީފާއާއި ގުޅިގެން ލިބޭ މުސާރައިން ބޮޑުބައި ރައްކާކޮށްގެން އެންމެ ފުރަތަމަވެސް ޢަލީ ގަތީ ރަށު ޕިކަޕެކެވެ. ސަބަބަކީ ވަޒީފާގެ އިތުރުން އާމްދަނީ ލިބޭ އެހެން މަސައްކަތެއްވެސް ކުރަން ބޭނުންވާތީއެވެ. ވިހި ރުފިޔާއަށް ދަތުރެއްގެ ރޭޓުން ކޮންމެ ދަތުރެއްވެސް ކޮށްދެއެވެ. ކޮންމެ ދުވަހަކުވެސް އޮފީހުގެ މަސައްކަތްތައް ނިންމާލުމަށްފަހު ޢަލީގެ ގިނަ ވަގުތު ހޭދަކުރަނީ އެ މަސައްކަތުގައެވެ.

ލިބުނު ވަޒީފާގެ ސަބަބުން ދިރިއުޅުމުގެ ގިނަ ކަންކަން ހަމަޖެހިފައިހުއްޓަސް، ޢަލީގެ އެންމެ ބޮޑު އުންމީދު އަދި ޙާޞިލެއް ނުވެއެވެ. އެއީ މީހަކާ އިނދެގެން ޒަވާޖީ ޙަޔާތެއް ފެށުމެވެ. ޖުމްލަ ހަތަރު ކުދިންނާއި ރައްޓެހިވިއިރުވެސް ކައިވެންޏަކާއި ހަމައަށް އަދި ދެވޭވަރެއް ނުވެއެވެ. ކޮންމެ ފަހަރަކުވެސް އަންހެން ކުއްޖާގެ އާއިލާއިން ފާހަގަ ކުރަނީ ހަމަ އެންމެ ކަމެކެވެ. އެއީ ޢަލީ އަކީ ނުހިނގޭ މީހަކަށް ވުމެވެ. މީހަކާ އިނދެގެން ޢަލީ އަށް އެމީހަކު ނުބެލޭނެކަމަށް އެމީހުން ޤަބޫލުކުރާ ޤަބޫލުކުރުމެވެ.

އަލީ ރަށު ޕިކަޕެއް ދުއްވަނީ

"އަހަރެން ވަރަށް ބޮޑަށް ދެރަވޭ އެމީހުންނަށް ނުވިސްނޭތީ. އަހަރެންނަށް ކީއްވެ މީހަކު ނުބެލެންވީ. އަހަރެންނަށް ކީއްވެ އަހަރެންނަށް ލިބޭ ދަރިން ނުބެލެންވީ. އަހަރެންގެ ހުރިހާ ޙިއްސުތަކެއް އެބަހުރި. އަހަރެންނަށްވެސް ރިޒްޤު ދެއްވަނީ ﷲ. އަހަރެން އެދެނީ އެމީހުންނަށް ރަނގަޅު ވިސްނުން ﷲ ދެއްވުން" ވަރަށް އަސަރާއި އެކު ޢަލީ ގެ އިޙްސާސްތައް ޙިއްސާކުރިއެވެ.

ޢަލީގެ ދުޢާ އަކީ ޙަޔާތުގެ ކޮންމެވެސް ދުވަހަކުން ޢަލީއަށްވެސް ހިނގޭނެ ގޮތް ﷲ ތަޢާލާ މިންވަރުކޮށްދެއްވުމެވެ. އަދި ޒަވާޖީ ޙަޔާތެއްފެށި އުފާވެރި ދުވަސްތަކެއް ލިބުމެވެ.

ކިޔުންތެރިންގެ ހިޔާލު

23 ކޮމެންޓް

  1. ކުޑާ

    ނަންބާރ ލިބިދާނެތޯ

    • އާލީ

      7204120

  2. ކުޑާ

    ވަރަށް ބޭނުން އަލީގެ ނަންބަރ

  3. ޢަބްދުﷲ

    ޔާﷲ ޢަލީ އަށް ރަޙްމަތްލައްވާންދޭވެ. ކެތްތެރިކަމާއެކު އޭނާ އެކުރާ އުއްމީދު ފުރިހަމަކޮށްދެއްވައި ޢަލީއަށް ހިނގާބިގާވެ ކާވެނިކޮށްގެން އުޅުމުގެ ތައުފީޤް މިންވަރުކުރައްވާންދޭވެ.

  4. ާިއިބުރާހިމް

    ޢަލީއަށް މާާތްﷲ ހެއުރަހްމަތްލަށްވާށި އާމީން

  5. ހެޔޮއެދޭ

    ނީޑް ފުރެންޑްޝިޕް

  6. Anonymous

    "އެއީ ޢަލީ އަކީ ނުހިނގޭ މީހަކަށް ވުމެވެ. މީހަކާ އިނދެގެން ޢަލީ އަށް އެމީހަކު ނުބެލޭނެކަމަށް އެމީހުން ޤަބޫލުކުރާ ޤަބޫލުކުރުމެވެ."

    ބެލޭމީހަކާ އިނދެފީޔާ ބުނާނެ އެބަޔަކު ބޭވަފާތެރިއޭ. ސަލާމަތެއް އެބަ އޮތްތަ؟ ދިވެހި ކަނބަލުން ބޭނުމީ ލޯބިވާ ފިރިއެއްތަ ނޫނީ ހިނގޭ މީހެއްތަ؟

    5
    1
  7. އައިޝާ

    ވަރަށް ދެރަވެއްޖެ. އަލީއަށް އުފާވެރި ބަާއްޖަވެރި ދިރިއުޅުމެއް މިންވަރު ކުރައްވާށި. އާމީން

  8. ބޭބެ

    ޢަލީ އަށް ނުހިނގުމަކީ އަލީ ގެ ކުށެއް ނޫނެ
    އަލީ އަށް ހުވަފެން ހަގީގަތަކަށް ވާނެ ﷲ ވޮޑިގެންވަނީ ކެތްތެރިންނާއެކު

  9. އަސްލަމް122

    މިއުޅޭ ހަކުރުބޯ މީހުނަށް ރައްޓެހިވެ ތިމާގެ އިއްޒަތުން ނަފުޒު ނީލަން ކިޔުމަށްތުރެ ހެޔޮލަފާ ފިރިހަނަކަށް އިނުމަކީ މިއަދުގެ އަންހެންކުދިންނަށް އުފާވެރި ދިރިއުޅުމެއް ލިބޭނެކަމެއް

  10. ޝިޔާމް

    ﷲ ސުބުހާނަހޫ ވަތައާލާއަށް ބިރުވެތިވާ ސާލިހު ތަޤުވާވެރި އަންބަކު އަލީއަށް މިންވަރުކޮށްދެއްވާށި. އަދި އަލީއަށް ދެދުނިޔޭގެ ކާމިޔާބު މިންވަރުކޮށްދެއްވާށި. އާމީން

  11. ދިވެހި ރުއް

    ޢަވަސް ޝިފާ އެއް ދެއްވާންދޭ

    4
    1
  12. ކިޔަމަން

    އަހަންނަށް ލިބޭނަމަ

    • އަލީ ހުސައިން

      އަޅުގަނޑާއި ގުޅާލަދެއްވާ 7643296

  13. ޖުންދުﷲ

    ޔާﷲ އަލީ ގެ އުއްމީދު ތަކާއި ހުވަފެނަތައް ސީދާ ކޮށްދެއްވާނދޭވެ....ތިޔަ އިލާހުގެ އިމްތިހާނުން ފާސްވާ ސޯލިޙް ހެޔޮލަފާ ދަރިއެއްގޮތުގައި އަލީ ލައްވާންދޭވެ...އަތްފައި ސަލާމަތުން ހުންނަ މީހުންގެ ނުކުޅަދުން ތެރިކަން ނާ ބޮޑު...

  14. ވަގުތުގެ ފޭން

    މިހާރު ނޫހުން ހިންގާ ދޯ މަޖައްލާއިން އިންސްޓޯގްރާމުގަ އޮރިޔާމުން އުޅޭހާ އަންހެނެއްގެ ވާހަކަ އެއީ މޮޑެލުންނޭ ކިޔައިގެން ގެނެސްދީ ރަނގަޅަށް ތިބި ދިވެހި އަންހެން ކުދިނާ މަގުފުރައްދަން މަސައްކަތް ކުރުމަށް ވުރެ މިކަހަލަ މީހުންގެ ވާހަކަ ގެނެސްދިނުން މާ ރަނގަޅު.

  15. ރަހުމަތްތެރިޔާ

    އޭނަ އާ ގުޅޭނެ ނަމްބަރެއް ލިބިދާނެތަ؟

  16. ޕޯ

    ވަގުތު މީ އަލްޓިމޭޓް ވިންގްމޭން ތަ؟

    1
    1
  17. ާއާމިނަތު އަހްމަދު

    އިންާާޝަަ ﷲއަދިލިބޭނެ އުންމީދު ކަނޑާނުލާތި

    3
    1
  18. އަހުމަދު

    ގުޅޭ ނަމްބަރެއް ބޭނުން

  19. ކުޑާ

    ވަގުތު ކުދިންނަށް ޝުކުރިއްޔާ.... އަލީ އާއެކު އަޅުގަނޑު އަބަދައް ވާނަން..އިންޝާ ﷲ

  20. މަރީ

    އަދި ކާމިޔާބް ދެއްވާނެ އިންޝާﷲ

  21. މަކިޓާ

    އިންޖީނުގޭގެ ފުރާޅުވެސް ހުރި ގޮތެއް ދޯ.