އާ އަހަރާއެކު ބަތަލާ ޕްރިޔަންކާ ޗޯޕްރާއަށްވެސް ބަދަލުތަކެއް އައިސްފިއެވެ. ހާއްސަކޮށް އޭނާގެ އިސްތަށިގަނޑަށް ގެެނެސްފައި ހުރި ބަދަލުތައް ފާހަަގަކުރެެެވެ.

މީސް މީޑިއާ މެދުވެރިކޮށް 10އިޔާސް ޗެލެންޖުގައި ބައިވެރިވެ އޭނާ ހިއްސާކުރި ފޮޓޯގައި އިސްތަށިގަނޑަށް ބަދަލުތަކެއް ގެނެސްފައިވާކަން ފާހަގަކުރެވޭއިރު، އެ ގެނައި ބަދަލު ވަރަށް ރީއްޗެވެ. އޭނާ އެ ޗެލެންޖްގައި ބައިވެރިވި ނަމަވެސް ކުރީގެ ފޮޓޯއެއް ހިއްސާކޮށްފައެއް ނުވެއެވެެ.

https://www.instagram.com/p/BsyMRADnaQd/?utm_source=ig_embed

މިހާރު ޕްރިޔަންކާގެ އިސްތަށިގަނޑަށް ގެނެސްފައި ހުރި ބަދަލުތަކަށް ބަލާއިރު، އޭނާގެ އިސްތަށިގަނޑު އެ ވަނީ ރަން ކުލައިން ހައިލައިޓްކޮށްފައެވެ. އަދި އޭގައި އޭނާ މިދިޔަ 10 އަހަރުގެ ތެރޭގައި އޭނާގެ ދިރިއުޅުމަށް ބަދަލުތަކެއް އައިސްފައިވާކަަމަށް ޕްރިޔަންކާ ބުންޏެވެ.

އަދި ޕްރިޔަންކާ ވަނީ އޭނާގެ އެންމެ ޕްރޮޖެކްޓާއި ގުޅޭގޮތުންވެސް ކޮންމެވެސް ވަރަަކަށް ވާހަކަދައްކާފައެވެ. އެ ޕްރޮޖެކްޓަކީ ޔޫޓިއުބް އޮރިޖަނަލް ޝޯވއެއް ކަމާއި، އޭގެ ނަމަކީ "އިފް އައި ކުޑް ޓެލްޔޫ ވަންތިންގ" އެވެ.

މިދިޔަ އަހަރުގެ ތެރޭގައި ޕްރިޔަންކާގެ ދިރިއުޅުމަށް ބޮޑެތި ބަދަލުތަކެއް އައިސްފައި ވެއެވެ. ދުނިޔޭގެ އެންމެ ބާރުގަދަ 100 އަންހެނުންގެ ތެރޭގައި ހިމެނުމާއި، ނިކް އާއި އެންޖޭވެ ކައިވެންޏާއި ހަމައަށް ދިއުންވެސް އޭގެ ތެރޭގައި ހިމެނެއެވެ.

ޕްރިޔަންކާ އަކީ ކައިރި ކައިރީގައި އާއްމުކޮށް އިސްތަށިގަނޑަށް ބަދަލުތައް ގެންނަ ތަރިއެއްކަން ފާހަގަަކޮށްލަން ޖެހެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ކިޔުންތެރިންގެ ހިޔާލު

    ކިޔުންތެރިންގެ ހިޔާލު

  2. ސުނީތާ

    މަވެސް ތިހެން ހަދާލާނަށް. ޚަބަރުގަ ޖަހާލަދެއްޗޭ.