މި ފަހަކުން، ހިންދީ ލަވަތައް ކޮޕީކޮށްގެން ހަދާފައި ހުރި ބައެއް ދިވެހި ވީޑިޔޯ ލަވަތަކުގެ ވީޑިޔޯ ކޮޅުތަކެއް ފޭސްބުކުގައި އާއްމުވެގެން ދިޔައެވެ. ފޭސްބުކު ޕޭޖަކުން އާއްމުކޮށްފައިވާ ކްލިޕުތަކުގެ ފެންނަނީ ހިންދީ ލަވައާއި ދިވެހި ލަވަ، ކޮލާޖެއްގެ ގޮތުގައެވެ. އޭގެތެރެއިން ގިނަ ލަވަތަކުގެ ރާގުވެސް އަދި ނެށުމުގެ ހަރަކާތްތައްވެސް، މުޅިންހެން ހިންދީ ލަވަތަކާ އެއްގޮތެވެ.

މިފަދަ ދެތިން ހަތަރު ވީޑިޔޯ ކޮޅުތަކެއް ފޭސްބުކުގައި އާއްމުވިއެވެ. ޝެއަރ ކުރުމާއި، އޭގައި ރައްޓެހިން ޓެގުކުރުމުގެ ކަންކަން ދިޔައީ ކުރަމުންނެވެ. އެހެންނަމަވެސް، އެންމެ ބޮޑު ސަމާލުކަމެއް ލިބި، އެތައް ބައެއްގެ ބަސް ހުއްޓިގެން ދިޔައީ އަބަދުވެސް މަޝްހޫރު "މަ ހޭނެތިދާނޭ" އަކީވެސް ކޮޕީއެއްކަން އެނގުމުންނެވެ.

އާއްމުވި ކޮލާޖް ވީޑިޔޯގައި ދިވެހި ލަވައާއި އޭގެ ހިންދީ ލަވަ ފެނިގެންދެއެވެ. ދިވެހި ލަވައިގައި މަޝްހޫރު ޝިރާނީ އާއި ގިޔާސްގެ ހުރިހާ ސްޓެޕެއް، ހިންދީ ލަވައިގައި އަކްޝޭ ކުމާރާއި މަދޫގެ ސްޓެޕްތަކާ ގުޅެއެވެ.

މަ ހޭނެތިދާނޭގެ ސްޓެޕްތައް ކޮޕީކޮށްފައި ހުރީ "ސުބާ ހުއީ ޝާމް ހުއީ" އިންނެވެ. އެހެންނަމަވެސް، ހިންދީ ލަވައިގެ ރާގަކީ މަ ހޭނެތިދާނޭގެ ރާގެއްވެސް ނޫނެވެ. ނަސީބަކުން އެއާ ވައްތަރު ރާގެއްވެސް ނޫންމެއެވެ.

ކޮންމެ އަކަސް މަ ހޭނެތިދާނޭގެ "ސިގްނޭޗަރ ޑާންސް ސްޓެޕް" މިވީ ކޮޕީއަކަށެވެ. ހިންދީ ލަވަ ތިރީގައި އެވަނީއެވެ. ދެން އަމިއްލައަށް އަޅާ ކިޔާލާށެވެ.

https://www.facebook.com/MaldivesViralVideos/videos/1732244700213320/

 

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ބަފާ

    ދިވެހިލަވަ ކޮޕީކޮށްލައިގެން އަކްޝޭ ތިއުޅެނީ

  2. އަދުރާން

    ދިވެހިންނަކީ ކްރިއޭޓިވް ބައެއްކަމަށް ބުނޭ. އެކަމް އެއީ މަދުބައެއް. ގިނަކަންކަން ހުރީ ކޮޕީ ކޮށްފައި. ސަގާފަތާ ހަމައިން ފެށީގެން.

  3. ކުޑޫ

    ވަގުތު މީހުން އުޅެނީ ހާދަ ފަހަތުގައޭ ދޯ.

    އަހަރުމެންނަށް މާކުރިންވެސް އެގޭ އެއީ ކޮޕީ ލަވައެއްކަން..

  4. މަނީޝާ

    ޖަބްސޭ މިލޭ ނައިނާ، ފަރސްޓް ލަވް ލެޓާ. ރީތި ލަވައެއް

  5. ޚިޔާލާ

    މަގޭހިތައްއަރާ ކޮންކަމެއްބާއޭ ކޮޕީ ނުކޮއް އޮތީ !!!
    ލާހެދުމުން ކާއެއްޗެސް އިން ގޮސް ކިޔާނިކަމެއްނެތް ހުރިހާ އެއްޗެއްވެސް..
    ތި ލަވަތީ އަދި ކޮޕީ އެކޭބުނެގެން މަށެއް ސިއްސައިގެން އެއްނުދޭ ..
    100 އަކުން 1 ލަވަ ކޮޕީ ނޫންކޮށް ދިވެހިން އަށް ހެދޭނީ ...
    އޭގަވެސް ދައްކާނީ އަބަދު ކާން ތިބޭތަން ... އަހައަހަހަހަހަހަ.....