ދިރިހުއްޓާ ވަޅުލާފައި އޮތް ކުއްޖެއް އިންޑިޔާގައި ސަލާމަތްކޮށްފިއެވެ. ސަލަމާތްކޮށްފައިވަނީ އެންމެ 3 ހަފްތާގެ ކުއްޖެކެވެ. މިކަން ހިނގާފައިވަނީ އިންޑިޔާގެ އުއްތަރަ ޕްރަދޭޝްގައެވެ.

އިންޑިޔާގެ ނޫސްތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި މިކުއްޖާ ސަލާމަތްކޮށްފައިވަނީ ކުއްޖާ ރޯއަޑު އިވުމުންނެވެ. މިކުއްޖާ ސަލާމްތް ކުރި ދަރުމެންދާ ކުމާރު އިންޑީޔާގެ ނޫސްތަކަށް މަޢުލޫމާތު ދެމުން ބުނެފައިވަނީ މިކުއްޖާ ސަލާމަތް ކުރީ ރޯއަޑު އިވުމުން ކަމަށާއި ރޯއަޑު އިވުމުން އަވަހަށް އެސަރަހައްދު ކޮނުނު ކަމަށެވެ.

" ރޯ އަޑު އިވުނީ އެސަރަހައްދުން ދަނިކޮށް. ދެން ހޯދީ ކޮންތާކުންތޯ ރޯއަޑު އިވުނީ. ބިމުގެ އަޑިންކަން ޔަގީންވީމަ އަވަހަށް އެތަން ކޮނުނީ" އޭނާ ކިޔައިދިނެވެ.

ކުމާރު އިތުރަށް ބުނެފައިވަނީ މިއީ އިންސާނިއްޔަތުކަން ކުޑަ ޢަމަލެއް ކަމަށާއި މިގޮތަށް ކުއްޖަކު މަރާލުމަކީ އެއްވެސް ހާލަތެއްގައި ބަލައިިގަނެވޭނެ ކަމެއް ނޫން ކަމަށެވެ.

މިކުއްޖާ ވަޅުލާފައި އޮތްތަނުން ނެގި ވަގުތު އެސަރަހައްދަށް ގިނަ ބަޔަކު ޖަމާވި ކަމަށާއި އެސަރަހައްދުގައި އުޅޭ މީހުންގެ އެހީގައި އެކުއްޖާ ކައިރި ހޮސްޕިޓަލަކަށް ގެންދިޔަ ކަމަށްވެސް މިމީހާ ބުނެފައިވެއެވެ.

މިކުއްޖާގެ މައިންބަފައިން މިހާރު ދެނެގަނެވިފައިވާއިރު އެދެމީހުންވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންފައެވެ. ފުލުހުންނަށް ދިން ބަޔާނުގައި މިދެމީހުން ބުނެފައިވަނީ މިކަން ކޮށްފައިވަނީ އޭނާގެ ތިމާގެ މީހެއްގެ އިރުޝާދުގެ މަތިން ކަމަށެވެ. އަދި މިގޮތަށް ކަންތައް ކުރީ އެކުއްޖާއާ "ޖިންނި" އާ ގުޅުމެއްވާތީ ކަމަށް ކަމަށްވެސް ބުނެފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. ތުނިޔަ

    ހާދަ ޖާހިލު ބައެކޭ! ތުއްތު ކުއްޖާޔަށް އަވަސް ޝިފާޔަކަށް އެދެން!

    • މ

      އާމީން

  2. ބޭބީ

    އިންޑިޔާގައި ތިހުރިހާ ކަމެއް ވާނެ. އެއީ ނު ދިވެހިންގެ އައިޑަލް ތަކަކީ.

  3. އަކޭ

    ހުރިހާ ކަމެއްގައި ޖިންނި! ކިހާ ސަޅި

  4. ނުރަބޯ

    ކުށެއްނެތް ތުއްތުކުއްޖާ ސަލާމަތްކުރި ދަރުމެންދުރަ ކުމާރަށް މާތްﷲ ތެދުމަގު ދައްކަވާފާނދޭވެ.. އާމީން.

    • މީ

      އާމީން

  5. ޢ ޢަބްދުﷲ

    އިންޑިޔާއަކީ އިންސާނިއްޔަތަށް ނުރައްކާތެރި ޤައުމެއް

  6. ޑިމޮކްރަޓިސްޓް، ރ.ވާދޫ

    ޖިންނި ބުނެގެން ހެޔޮކަމެއް ނުކުރެވިގެން މިއުޅެނީޔޯ؟
    ބުނާތީ އަޑުއަހަން މުއުމިންޖިންނިވެސް އުޅޭވާހަކަ.