ދިވެހި ފިލްމު "ގޮށް ރާޅު"، ސްކްރީނުތަކަށް އަންނަ ދުވަސް މިއޮށް ގާތްވަނީއެވެ. އަންނަ މަހުގެ ހަތަރުވަނަ ދުވަހު، ބެލުންތެރިންނަށް ފިލްމު ދޫކޮށްލާނެއެވެ. އެހެންނަމަވެސް، އޭގެކުރިން، ފިލްމުގެ ދެވަނަ ޓްރެއިލަރ މިހާރުވަނީ ބެލުންތެރިންނާ ހަމައަށް ފޯރާފައެވެ. އެއާއިއެކު، ފިލްމަށް ކުރަމުންދާ އިންތިޒާރުތައް އިތުރުވެ، ގަޑީގެ ކަށީގެ އަޑުވެސް ބާރުވެގެން ވަނީ ގޮސްފައެވެ.

ގޮށްރާޅުގެ ދެވަނަ ޓްރެއިލަރ ފައްޓަނީވެސް އާއްމުކޮށް ދިވެހި ފިލްމުތަކުން ނުފެންނަ މަންޒަރަކާއެކުގައެވެ. އެއީ، "ސުއިސައިޑް" މަންޒަރެކެވެ. މަރުގެ ޒިންމާ މީހެއްގެ ބޮލުގައި އެޅުވުމަށްފަހު މާލޭގެ އުސް އިމާރާތަކުން އިދިފުށަށް ފުންމާލަނީ އައިޝަތު ތަސްނީމާ ނުވަތަ ފިލްމުގައި ޒައިނާއެވެ.

އެއަށްފަހު ފެންނަމުންދަނީ މުޖުމަތަޢުގައި މިހާރު އާއްމުވެފައި އެންމެ ބޮޑެތި މައްސަލަތަކުން މިންވަރެކެވެ. މީހުންގެ ތަކެއްޗަށް ގެއްލުން ދިނުމާއި، ގްރޫޕު މާރާމާރީ ހިންގާ މީހުންނަށް ގެއްލުން ދިނުން، އަދި ޕާޓީ ކުރާ މަންޒަރުވެސް ފެނިގެންދެއެވެ.

ފިލްމުގެ ވަގުތު ކުޑަތަންވެފައިވާއިރު، ގަޑީގެ ކަށީގެ އަޑުވެސް ޓްރެއިލަރ އިން އިވެގެންދެއެވެ.

މި ފިލްމަކީ ރާއްޖޭގެ އެންމެ ވަރުގަދަ އަދި ބެލުންތެރިންގެ މެދުގައި މަޤުބޫލު ގިނަ ފިލްމުތަކެއް ނެރެމުން އަންނަ "ޑާކް ރެއިން އެންޓަޓައިންމަންޓް"ގެ މި އަހަރުގެ ފުރަތަމަ ފިލްމެވެ. ދެން ނެރޭނީ ހެއްވާ މަޖާ ބައިތަކެއްވެސް ހިމެނޭ "މާމުއި" އެވެ.

ފިލްމަށް ކުރެވޭ އިންތިޒާރެއްގެ ބޮޑުކަމުން ޓްރެއިލަރ ކިތަންމެ ކުރުކަމުގައިވިޔަސް، ގައިން ހީބިހި ނަގައިގެން ދިޔައެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ނުރަބޯ

    މިހާރުވެސް މިއުޅެނީ މުޖްތަމަޢުގައި ކުށްކުރުން ގިނަވެގެން. އުޅޭއިރު އަދި އެކަންކަމުގެ މައްޗަށް ފިލްމު ހަދާ ޢާއްމުކުރީމާ އެވާނީ އެކަންކަމަށް ދެވޭ ހިއްވަރަކަށް ނޫންބާ....؟؟؟

    • ކިޔުންތެރިއާ

      ނުރަބޮލާ!! ފިލްމުން ފެންނާނީ އެކަހަލަ ކުށްތަކުގެ ސަބަބުން މުޖުތަމަޢުއަށް ދިމާވާ ނުރައްކާތަކުގޭ ވާހަކަ! މި ފަދަ މެސެޖުތައް ށަފުކޮށް ފިލމްމުތަކުން ދައްކުވައިދީގެން ލިބޭނެ ގެއްލުމެއް ނޯންނާނެ! ސާބަހޭ އިނގޭ ތިހިރަ ވިސްނުމަށް!!

  2. ސައްތާރު

    ގުއިރާޅު ކުޅެބަލަ މަގުމަތީން ބަނގާޅުކުދީނަކޮޅެެއް ހޮވައިގެންގޮސް..

    • ލޮލް

      ވާނެ ބަޔަކު ބުރަ މަސައްކަތުން ކަމެއް ކުރަންޏާ އެއަށް މަލާމާތްކޮށް ބެހިލަން! ނުބަލަންޏާ ދުރުގަ ހުރޭ އެއްޗެހި ނުގޮވާ!! އެއްޗެހި ގޮވަން ބޭނުމިއްޔާ ގޮސް ފިލްމް ބަލާފަ އައިސް އެއްޗެހި ގޮވާ!!

  3. ނޫން

    ޓްރެއިލަރ އެއްގަ ފެންނަންޖެހޭނެ ފިލްމުގެ އެކި މަންޒަރުތައް. މީގެން މި ފެންނަނީ އެންމެ ބައެއް. ނޮޓް އިންޓްރަސްޓިންގ