ތަފާތު ފޯން ކަވަރެއް އީޖާދުކޮށްފިއެވެ. މި ފޯން ކަވަރު ބޭނުންކޮށްގެން ކެވިދާނެއެވެ.

މި ފޯން ކަވަރުގެ ފަހަތުގައި ސަމްސަލަކާއި، އުލެއް އިނދެއެވެ. އެހެންކަމުން ބަނޑުހައިވެފައި އިންނަ ގަޑިއެއްގައި، ކާ އެއްޗަކަށް އޯޑަރު ދިނުމަށްފަހު، އެއަމުން ސަމްސަލަމާއި އޫ ހޯދަން ދުވާކަށް ނުޖެހޭނެއެވެ.

މި ފޯން ކަވަރަށް ދީފައިވާ ނަމަކީ "ސްޕޫންފޯކް"އެވެ. މިއީ ވަރަށްވެސް ތަފާތު ހިޔާލެކެވެ. ފޯނުން ކޮންމެވެސް ބޮޑު ކަމެއް ކުރަން އިންނަ ގަޑިއެއްގައި ބަނޑުހައިވުމުން، ކާ އެއްޗެއް ހަދާލުމަށްފަހު ސަމްސާ އޫ ހޯދަން ދިޔުމަށް އެ ހޭދަވާ ވަގުތު ވަރަށް ބޮޑަަށް ސަލާމަތްވާނެ ވަރުގެ އެއްޗެކެވެ.

މިގޮތަށް ކާން އުނދަގޫ ނޫންކަމަށް ބައެއް މީހުން ބުނެއެވެ. އަދި އެހެން ސަމްސަލާއި އުލުން ކާހެން ހަމަ ކެވޭކަަމަށްވެސް ބުންޏެވެ. އެއް ބަޔަކު ބުނާގޮތުގައި،މިއީ ޖެއްސުމަށް ހަދާފައިވާ ފޯން ކަވަރެކެވެ.

މި ފޯން ކަވަރުގެ އަގުގެ ގޮތެއް އަދި ބުނާކަށް ނޭގެއެވެ. އަދި މިކަހަލަ ފޯން ކަވަރުތައް ބާޒާރަށް ނެރޭނެކަމެއް ނޭގެއެވެ. މިފަދަ ކަވަރުތައް ނެރޭނަމަ ޖެހޭނީ އެންމެ ފަހުގެ ފޯނުތަކަށް ހާއްސަކޮށް ނެރޭށެވެ.

 

ކިޔުންތެރިންގެ ހިޔާލު